Advertisement
ކ. މާލެ
|
14 ނޮވެންބަރ 2025 | ހުކުރު 14:09
ޕީއެންސީ އިން ބާއްވާ އެއްވުމަށް މާލެ އައި މީހަކު ސިޓީސް މިނިސްޓަރު އާދަމް ޝަރީފުގެ އަތުގައި ހިއްފަވައިގެން މާލެ ފައިބަނީ
ޕީއެންސީ އިން ބާއްވާ އެއްވުމަށް މާލެ އައި މީހަކު ސިޓީސް މިނިސްޓަރު އާދަމް ޝަރީފުގެ އަތުގައި ހިއްފަވައިގެން މާލެ ފައިބަނީ
އެކްސް
ޕީއެންސީ
ޕީއެންސީގެ އެއްވުން: ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ހާޒިރީ ބަލާނެ، ކުންފުނިތަކުގެ މެނޭޖްމަންޓުން ދަނީ މުވައްޒަފުން ގެންދަން ރާވަމުން
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެއްވުމަށް ގޮސް ލޮގް ފޮތެއްގައި ނޯޓު ކުރަން ޖެހޭ
ވެމްކޯ މުވައްޒަފުން ބައްދަލުވުމަށް ގެންދިއުމަށް އެއްގަމު ދަތުރުފަތުރުގެ އިންތިޒާމާއި ފެރީ ދޯނީގެ އިންތިޒާމު ހަމަޖައްސައިފައިވޭ

ރައީސް މުއިއްޒު އަށް ތާއީދު އޮތްކަން ދައްކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިލޭ ޓިކެޓާއި އެކަމަޑޭޝަން އާއި ޕޮކެޓް މަނީ ދީގެން މީހުން ގެންނަމުން ދާއިރު، ސަރުކާރުގެ ބާރުގެ ބޭނުން ކޮށްގެން ކުންފުނިތަކުގެ މުވައްޒަފުން ނެރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ބައްދަލުވުމަށް ދާ މުވައްޒަފުން ލޮގް ފޮތެއްގައި ނޯޓު ކުރަން ޖެހޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ވަނީ ބުނެފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ދިއުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޖަލްސާ އޮންނަ ރޭ ކުނި ނަގާ ގަޑިތަކަށް ވެސް ވެނީ ބަދަލު ގެނެސްފަ އެވެ.

ރަށްރަށުގައި މަސައްކަތް ކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާ ވެރިން ވެސް ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް ދަނީ މާލެ އަންނަމުންނެވެ.

ވެމްކޯ މުވައްޒަފުން ބައްދަލުވުމަށް ގެންދިއުމަށް މެނޭޖުމަންޓުން ކުރަމުންދާ މަސައްކަތުގެ ސްކްރީން އިމޭޖެއް ވަނީ މި ނޫހަށް ލިބިފައެވެ. އޭގައިވާ މައުލޫމާތަށް ބަލާއިރު ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުތަކުން ބައްދަލުވުމަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާއި، އިންތިޒާމުތަކުގައި އިސްކޮށް އުޅޭ މެނޭޖަރުންގެ ނަމާއި ނަންބަރު ވަނީ ހިއްސާ ކޮށްފަ އެވެ. އޭގެ އިތުރުން ކަނޑުމަގުން ގްރޭޓަރ މާލެ ސަރަހައްދުން މާލެ އަންނަން ބޭނުންވާ ފަރާތްތަކަށް ފެރީ ދޯނި ހަމަޖެހިފައިވާ ގޮތްވެސް ވަނީ އަންގާދީފައެވެ.

ޕީއެންސީ ގެ އެއްވުމާ ބެހޭ ގޮތުން ވެމްކޯގެ މެނޭޖްމަންޓް ގްރޫޕް ގައި ހިއްސާ ކޮށްފައިވާ މައުލޫމާތުގެ ސްކްރީން އިމޭޖެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައްދަލުވުމުގެ ބައިބޯކުރަން ގެންދަން ބާރު އަޅަމުންދާއިރު އެންމެ ފަހުން އެމްޑީޕީ އިން މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވެގެން ކުންފުނިތަކުން ވަނީ މުވައްޒަފުން ވަކި ކޮށްފަ އެވެ.

މި އެއްވުމަށް ގާތްގަނޑަކަށް 50 މިލިއަނާއި 60 މިލިއަނާ ދެމެދުގެ އަދަދަކަށް ޚަރަދު ކުރާ ކަމަށް ނުރަސްމީ ގޮތުން މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް