Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 19:07
ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ހަސަން ނާޒިމް އަދި އައިމިނަތު ވިދާދު
ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ހަސަން ނާޒިމް އަދި އައިމިނަތު ވިދާދު
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކެރަމް ކޮމިއުނިޓީ ޝީލްޑް
ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ޗެމްޕިއަންކަން ނާޒިމް އާއި ވިދާދް އަށް
މި މުބާރާތަކީ އަންނަ ޑިސެންބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ކުރީން ރާއްޖޭގެ ކުޅުންތެރިންނަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާ މުހިންމު މުބާރާތެކެވެ.

ތިންވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް (ނާނަ) އާއި އައިމިނަތު ވިދާދް (ދާދު) ހޯދައިފިއެވެ. ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި މުބާރާތަކީ އަންނަ ޑިސެންބަރު މަހު މާލޭގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގެ ކުރީން ބާއްވާ އެންމެ ފަހު މުބާރާތެވެ.

މި ފަހަރުގެ މުބާރާތުގައި ސީނިއާ ފިރިހެން ސިންގަލްސް އާއި ޑަބަލްސް ބައިގައި 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، އަންހެން ސިންގަލްސް އާއި ޑަބަލްސް ބައިގައި 12 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ހަސަން ނާޒިމް (ނާނަ) ވަނީ 2-1 ސެޓުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓް ނާޒިމް ކާމިޔާބުކުރީ 18-17 އިންނެވެ. ދެވަނަ ސެޓް ހުޖާން ކާމިޔާބުކުރީ 17-13 އިންނެވެ. ތިންވަނަ ސެޓް ނާޒިމް ކާމިޔާބުކުރީ 25-13 އިންނެވެ.

އަންހެން ސިންގަލްސް ފައިނަލުގައި އައިމިނަތު ވިދާދް ވަނީ ވަރުގަދަ ކުޅުމެއް ދައްކާލައި ޗެމްޕިއަންކަން ހޯދައިފައެވެ. ފައިނަލްގައި އައިޝަތު ފައިނާޒް އަތުން ވިދާދް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ވިދާދް ކާމިޔާބުކުރީ 25-02 އިންނެވެ. ދެވަނަ ސެޓް ވިދާދް ކާމިޔާބުކުރީ 19-14 އިންނެވެ.

ޑަބަލްސް އިވެންޓްތަކުގައި ވެސް ވަނީ ފާހަގަކޮށްލެވޭ ނަތީޖާތަކެއް ފެނިފައެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު ވިޝާމާ އާއި ފާތިމަތު ރަޔާނާގެ ޕެއާ ހޯދީ ފައިނަލްގައި ސީދާ ދެ ސެޓުން އާމިނަތު ޝުބާ އާދަމް އާއި އާމިނަތު ރަޔާނާގެ ޕެއާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ވިޝާމާ އާއި ރަޔާނާގެ ޕެއާ ކާމިޔާބުކުރީ 20-06، 22-05 އިންނެވެ. އަންހެން ޑަބަލްސް ބައިގެ ތިންވަނަ މަގާމު ހާސިލްކުރީ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ އިންނެވެ.

ފިރިހެން ޑަބަލްސް ފައިނަލްގައި އާދަމް އަދީލް އާއި ހާތިމް ހަލީލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މުޙައްމަދު މުންތަސިރު އާއި ޔަމާން ޢަބްދުލް ޖަލީލްގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓް އަދީލް އާއި ހާތިމްގެ ޕެއާ ކާމިޔާބުކުރީ 20-18 އިންނެވެ. ދެވަނަ ސެޓް އެ ޕެއާ ކާމިޔާބުކުރީ 20-06 އިންނެވެ. މި އިވެންޓްގެ ތިންވަނަ މަގާމް ހާސިލްކުރީ އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާންގެ ޕެއާ އެވެ.

މި މުބާރާތަކީ އަންނަ ޑިސެންބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ކުރީން ރާއްޖޭގެ ކުޅުންތެރިންނަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާ މުހިންމު މުބާރާތެކެވެ.

- ކޮމެންޓް