Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 12:48
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވާހަކަ ދައްކަވަނީ
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
2026 ބަޖެޓުން ވައްކަން
އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް، ރައްޔިތުންނަށް ދަތި އަހަރަކަށް: މައުރޫފް
2026 ވަނަ އަހަރުގެ ބަޖެޓަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ފަހި ބަޖެޓެއް
އަސާސީ ކަންކަން ނުފުދި އޮތްއިރު އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޮޑު ކޮށްފައި އޮތީ ޑިފެންސްގެ ބަޖެޓު
ވައްކަމުގެ ލައިސެންސް ސަރުކާރަށް ލިބޭ ހިސާބުން ރައްޔިތުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ

މިހާރު ހުށަހަޅާފައިވާ ބަޖެޓުން އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް ކަމަށާއި، ރައްޔިތުންނަށް ދަތި އަހަރަކަށް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވަނީ 2026 ވަނަ އަހަރުގެ ބަޖެޓަކީ ފަހި ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެކަން ފާހަގަ ކުރައްވައި ފާޑު ވިދާޅުވެފަ އެވެ.

މައުރޫފް ވިދާޅުވީ އެ ބަޖެޓުން ރައީސް މުއިއްޒާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފަހި ވެގެންދާ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ފަހި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ކަންކަން ނުފުދި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޮޑު ކޮށްފައި އޮތީ ޑިފެންސްގެ ބަޖެޓު ކަމަށާއި، އެއީ ރައްޔިތުންނަށް ހެޔޮ އެދުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑަށް މިހާރު ވިސްނޭ ފަހި އެ ވަނީ ކިހިނެތްކަން. އެއީ ރައްޔިތުންނަށް ފަހިވާ ވާހަކައެއް ނޫން. ރައީސް މުއިއްޒަށް ނުވަތަ ރައީސް މުއިއްޒުގެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށް ވައްކަމަށް ފަހިވާ ގޮތަށް އޮތް ބަޖެޓެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ. އެއީ ރައްޔިތުންގެ ވަރަށް އަސާސީ ކަންކަން މިސާލަކަށް ބޭސް ނުލިބޭކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ލިބި ވަޑައިގަންނަވާ ކަންނެންގެ. ރައްޔިތުންނަށް ހަމަ ގައިމު ވެސް ބޭހެއް ނުލިބޭ. ސިއްހީ ޚިދުމަތެއް ނުލިބޭ ރަނގަޅަށް. މިދެންނެވީ ކުރިން ވެސް ރާއްޖޭގެ ސިއްހީ ނިޒާމު މާ ފުރިހަމަ ވާހަކައެއް ނޫން. އެހެންނަމަވެސް މިސަރުކާރު އައުމާ ހަމައަށް އޮތް ފެންވަރުގައި ވެސް ނުލިބޭ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

2026 ގެ ބަޖެޓު އަރި ކޮށްލާފައިވަނީ ވައްކަމާ ދިމާލަށްކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، އެއީ ވައްކަމަށް ފަހިވާ ބަޖެޓެއް ކަމަށާއި، މި ވައްކަމުގެ ލައިސެންސް ސަރުކާރަށް ލިބޭ ހިސާބުން ރައްޔިތުންގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެގެންދާނެ ކަމަށެވެ. އަދި އިގްތިސާދީ ހާލަތު ގޯސްވެ، ރައްޔިތުންގެ އަތްމަތި ވަރަށް ބޮޑަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ މި އަންނަ ރަމަޟާން މަހާ ހިސާބަށްދާއިރު، މިހާރު ޑޮލަރުގެ އަގު ހުރި މިންވަރަށް ވުރެ އިތުރަށް 2 ރުފިޔާ މައްޗަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ތަކެތީގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް އަރައި، ހޯލްސޭލް ވިޔަފާރި ތަކަށް ބޮޑު ދަތިކަމެއް އަންނާނެ ކަމަށެވެ.

އެހެންކަމުން އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް ކަމަށާއި، ރައްޔިތުންނަށް ދަތި އަހަރަކަށް ކަމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.

- ކޮމެންޓް