ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 23:53
އެމްޑީޕީގެ ޔޫތްވިންގ ގެ ރައީސް މީކާއިލް ނަސީމް
އެމްޑީޕީގެ ޔޫތްވިންގ ގެ ރައީސް މީކާއިލް ނަސީމް
ރާއްޖެ އެމްވީ
ފުލުހަށް ހާޒިރުކުރުން
އެމްޑީޕީ ޔޫތް ވިންގ ގެ ރައީސް މީކާއިލް ފުލުހަށް ހާޒިރުކުރުމަށް އަންގައިފި!
އޭނާ ހާޒިރު ކުރަނީ އަންނަ ހުކުރު ދުވަހު
ފުލުހަށް ގެންދާ މައްސަލައަކީ ފުލުހުންނާއި ގުޅޭ ގޮތުން ހަގީގާތާ ހިލާފު ވާހަކަ ފަތުރާ ކަމަށް ބުނެ
މީކާއިލް އަކީ ސޯޝަލް މީޑިޔާގައި ސަރުކާރަށް ފާޅުގައި ފާޑުކިޔަމުންދާ ފަރާތެއް

އެމްޑީޕީ ޔޫތް ވިންގެ ރައީސް މީކާއިލް ނަސީމު ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

މީކާއިލް ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ސެޕްޓެމްބަރު 8 ވާ ހުކުރު ދުވަހުގެ ރޭގަނޑު 08:00 އަށެވެ. ހާޒިރުކުރަނީ ފުލުހުންގެ އިދާރާއާއި ގުޅޭ ގޮތުން ހާގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމަށްބުނެ އެވެ.

 މީކާއިލް އަކީ ސޯޝަލް މީޑިޔާގައި ވަރަށް އެކްޓިވް ފަރާތެކެވެ. އެގޮތުން ސަރުކާރުން ހިންގަމުންދާ ތަފާތު އެކި ކަންކަމަށް ފާޅުގައި މީކާއިލް އަކީ ފާޑު ކިޔަމުންދާ ފަރާތެކެވެ.

މީކައިލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް އަންގާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ބުރާސްފަތި ދުވަހު ހަވީރު 05:00 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް