ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭން ވައުދުވެގެން އައިސް މުޢިއްޒުގެ ސަރުކާރުން އަތުލީ އެމްޑީޕީގެ ސަރުކާރުން ކަށަވަރުކޮށްދީފައި ހުރި ގޯތިތަކާއި ފުލެޓުތައް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމަށް އިހުމާލުވެފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އިން ބޭއްވި އެއްވުމުގައި ވަހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، 8 މަސްދުވަހުން ހިއްކައިދޭނެ ކަމަށް ބުނި ރަސްމާލެ ވެސް އަދިވެސް ނުހިއްކޭ ކަމަށާއި މިސަރުކާރުން ދިވެހި ރައްޔިތުން އަތުން ނިގުޅައިގަނެފައިވާ ހައްގުތައް ހޯދާފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށެވެ.
ދެން އަޅުގަނޑު ރައީސް މުޢިއްޒަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނުއޭ ގެދޮރު ނެތް ފަރާތްތަކަށް ހާއްސަކޮށްގެން އެމްޑީޕީ ސަރުކާރުން ހާއްސަކޮށްގެން ދިފާވަ ފުލެޓު ތަކާ ގޯތިތައް އެހެރީ އަޅުގަނޑުގެ ދާއިރަ އާދެ ހުޅުމާލެ އުތުރު ދާއިރާގެ ފޭސް 2 ގައެ. ނަމަނަމަ އެތަންތަނާ ނުހައްގުން ކުޅެން ނުހައްދަވައްޗޭ އަޅުގަނޑުވެސް އަޅުގަނޑުގެ ޕާޓި އެމްޑީޕީ އިންވެސް މިއަންނަނީ އެތަންތަނަށް ނުހަނު ގާތުން ފާރަވެރިވަމުންނޭ. މަނިކުފާނައް ޖެހޭނީ އޭގެ ހައްގުވެރިންނަށް އެތަންތަން ރައްދުކޮށްދޭށެ ނޫނި 17 ނޮވެމްބަރުގަ އަޅުގަނޑުމެން ނިކުމެ މަނިކުފާނުގެ ވެރިކަން ބޯކޮޅު ވަތަށް ވައްޓާލާނަމޭ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒާޔާ![]()
ޒާޔާ ވިދާޅުވި ދިވެހި ރައްޔިތުންނަށް އަބަދުވެސް ހެޔޮއެދޭ ޕާޓިއަކީ އެމްޑީޕީ ކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ހަމައެކަނި ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ. އަދި މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ ބޯހިޔާވަހިކިމަުގެ އެންމެ ބޮޑު މަޝްރޫއު ހިންގާނީ މިސަރުކާރުން މި ހިނގާ 2025 ވަނަ އަހަރު ކަމަށް ވިދާޅުވެ ދައުލަތުން 1.5 ބިލިއަން ރުފިޔާ ނަންގަވައިގެން މިސަރުކާރުން ފެންފޮދަކާ ނުލާ ދިރުވާލައިފި ކަމަށް ޒާޔާ ވިދާޅުވި އެވެ.
ޒާޔާ ވިދާޅުވި 60 ހާސް ފުލެޓު އަޅައިދެއްވާނެ ކަމަށް ވައުދުވެގެން އައި މި ކޮސް ސަރުކާރަށް 2 އަހަރުވެގެން ދާއިރު މަގުމަތީގައި ގާބުރިއެއް ބާއްވަލެވޭ ވަރު ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ އެންމެ މުހިންމު އެއް ވައުދަކީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން ކަމަށާއި އެ ވައުދު ފުއްދައިދިނީ އެމްޑީޕީން ކަމަށާއި އެ ވައުދު ފުއްދޭނީ ވެސް އެމްޑީޕީއަށް ކަމަށް ޒާޔާ ވިދާޅުވި އެވެ.