Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 22:06
ފިލްމު 'ލިލީ' ގެ ޓިކެޓް ވިއްކަން ފަށައިފި
ފިލްމު 'ލިލީ' ގެ ޓިކެޓް ވިއްކަން ފަށައިފި
ރާއްޖެއެމްވީ
ފިލްމު ލިލީ
ބެލުންތެރިން ކެތް މަދުވެފައިވާ ފިލްމު "ލިލީ"ގެ ޓިކެޓް ވިއްކަން ފަށައިފި
މި ފިލްމު އޮލިމްޕަހުގައި ޕްރީމިއަރ ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގައި

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ދެވަނަ ފީޗަރ ފިލްމު، އަދި ބެލުންތެރިން ކެތް މަދުވެފައިވާ ފިލްމު "ލިލީ" މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމައި، އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށައިފި އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އަޒްހާން ވިދާޅުވީ، ފުރަތަމަ ވިއްކަން ފެއްޓީ، ފިލްމުގެ ފުރަތަމަ ތިން ޝޯވްގެ ޓިކެޓް ކަމަށާއި، ގިނަ ބައެއްގެ ތަރުހީބު މިހާރުން ފެށިގެންވެސް މިފިލްމަށް ލިބެމުން އަންނަ ކަމަށެވެ.

އަދި ފިލްމު ޕްރިމިއަރ ކުރުމުގެ ކުރިން ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމްތަކެއް ހުށަހަޅާފައިވާ ކަމަށާއި އިނާމްތަކުގެ ތަފްސީލް ލިލީގެ ފޭސްބުކް ޕޭޖުން އިއުލާން ކުރާނެ ކަމަށް އަޒްހާން ވިދާޅުވި އެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވާ އިރު ގިނަ ބައެއްގެ ތަރުހީބް އަންނަނީ ލިބެމުންނެވެ. އަޒްހާން ލިޔެ، ޑައިރެކްޓްކޮށް ކްރިއޭޓިވް ނެޓްވޯކުން ގެނެސްދޭ މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގަ އެވެ.

އަދި އޮލިންޕަސް ބަންދު ވަގުތުތަކުގައި އޮންލައިންކޮށް ވެސް ޓިކެޓް ލިބެން ހުންނާނެ އެވެ.

ޒުވާން އަންހެނެއްގެ ހަޔާތަށް ދިމާވާ ހާދިސާތަކަކާ ގުޅިގެން އޭނަ އިންސާފު ހޯދަން ކުރާ މަސައްކަތް ދައްކުވައި ދޭ "ލިލީ" ގެ ޓައިޓްލް ރޯލުން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ. މީގެ މައިގަނޑު އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ ހިމެނެ އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން މިފިލްމުގެ އެއް ތަރި، މުހައްމަދު އިޝްފާން ބުނީ މިއީ ވަރަށް ތަފާތު ފިލްމެއް ކަމަށާއި ހުރިހާ ބެލުންތެރިންވެސް ފިލްމު ބަލާލުމަކީ މުހިއްމު ކަމެއް ކަމެކެވެ.

މިފިލްމު ބަލާލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އޮތް އުފާވެރި އަނެއް ހަބަރަކީ އަތޮޅު ތެރޭގެ 50 އަށް ވުރެ ގިނަ ރަށްރަށުގައި ފިލްމު އެޅުވުމަށް މިހާރުވެސް، އެދިފައިވާ ކަމަށާއި، އަދިވެސް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް އަޒްހާން ވިދާޅުވި އެވެ.

- ކޮމެންޓް