ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 20:40
 މިޔަންމާގެ ރޮހިންޖާގެ މުސްލިމުންގެ ތެރެއިން ހާލުގައި ޖެހިފައިބާ ބަޔަކު
 މިޔަންމާގެ ރޮހިންޖާގެ މުސްލިމުންގެ ތެރެއިން ހާލުގައި ޖެހިފައިބާ ބަޔަކު
ގޫގުލް
ރާއްޖެޓީވީ ޓެލެތޯން
ޓެލެތޯނުން ލިބޭ ފައިސާ އަނިޔާ ލިބޭ މީހުންނަށް ފޯރު ކޮށްދިނުމުގެ އިންތިޒާމް ރެޑްކްރޮސެންޓުން ހަމަ ޖައްސައިދެނީ
ރާއެްޖެޓީވީން ރާވާފައިވާ ޓެލެތޯނަށް ވަނީ މަރުހަބާ ކިޔާފައި

 މިޔަންމާގެ ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެޓީވީން ބޭއްވުމަށް ހަމަ ޖެހިފައިވާ ޓެލެތޯނުން ލިބޭ ފައިސާ ހާލުގައި ޖެހިފައިވާ މިޔަންމާގެ  މުސްލިމުންނަށް ފޯރު ކޮށްދިނުމުގެ އިންތިޒާމްތައް ހަމަ ޖައްސައިދޭނެ ކަމަށް ދިވެހި ރެޓް ކްރޮސެންޓުން ބުނެފި އެވެ.

 

ދިވެހި ރެޑް ކްރެސެންޓުން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެޓީވީން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާތީ އެކަމަށް މަރުހަބާ ކިޔާފައިވެ އެވެ. އަދި އެކަން އުފަލާއެކު  ބަލައިގަނެ ރާއްޖެޓީވީގެ އެދުމުގެ މަތިން ޓެލެތޯނުން ލިބޭ އެހީ ރޮހިންޖާ މުސްލިމުންނަށް ފޯރު ކޮށްދިނުމެ އިންތިޒާމް ހަމަ ޖައްސައިދޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

 

ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެހީގެ ފައިސާ ފޯރުކޮށްދެވޭނީ އިންޓަރ ނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސެންޓް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ ( އައިއެފްއާރުސީ) އިން ނެރިފައިވާ އިމަޖެންސީ އެހީގެ އިލްތިމާސް ފަންޑަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ.

 

އައިއެފްއާރުސީ އިން  އިމަޖެންސީ އެހީގެ އިލްތިމާސް ފަންޑު ހުޅުވީ މި އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.  އެހީގެ މަގުސަދަކީ މިޔަންމާގެ ރަހައިން ސްޓޭޓްގައި ހިންގަމުންދާ ހަމަ ނުޖެހުންތަކުން ސަލާމަތްވުމަށްޓަކައި ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް ޖަމާވާ އެތައް ހާސް މީހުންނަށް ވީހާވެސް އަވަސްގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

 

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މިދަނޑިވަޅުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން  ޓެލެތޯން ބޭއްވުމަށް ނިންމާފައި އޮތީ އާދީއްތަ ދުވަހުގެ 14:30 އިން ހޯމަ ދުވަހުގެ 14:30 އަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް