ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 15:51
ޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމުމުގެ ފެށުމުގެ ރަސްމިއްޔާތު
ޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމުމުގެ ފެށުމުގެ ރަސްމިއްޔާތު
ޓްވިޓަރ
ރާއްޖޭގެ ސިއްހީ ޚިދުމަތް
ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ
ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެެއް ހުރި
ސަރުކާރުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުން
ސިއްހީ ޚިދުމަތަށް ރައްޔިތުން އަމިއްލައަށް ކުރާ ޚަރަދު 49 އިން ސައްތައިން، 29 އިން ސައްތަ އަށް ކުޑަކުރެވިފައިވޭ

ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެެއް ހުރި ނަމަވެސް، އެކަމުން ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި އަރައިގަނެވިފައިވާ  ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގައި ސްޓޭންޑަޑް ކަނޑައަޅާ ގައުމަކަށްވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ މިހެން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 10ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ޑރ. ޝައިނީ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުން ކަމަށެވެ. އެގޮތުން، މި ސަރުކާރު ފެށުނުއިރު، އެކަމަށް ބޭނުންވާ އެކި ސިޔާސަތުތަކާއި މަސައްކަތްތައް ކުރެވިފައިވާ  ކަމަށް ޑރ. ޝައިނީ ފާހަގަކުރެއްވިއެވެ.

ޑރ. ޝައިނީ ވަނީ ސަރުކާރުގެ ހުސްނުވާ އާސަންދަ، ކޮންމެ ރަށެއްގައި ބޭސް ފަރުވާ ފަދަ މަޝްރޫއުތަކުގެ އިތުރުން ރާއްޖޭގައި އަލަށް އިމާރާތް ކުރަމުންދާ 25 ބުރީގެ ހޮސްޕިޓަލުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގައިން ގަޔަށް އަރާ ބަލިތައް ރާއްޖެއިން ނައްތާލުމުގައި ހޯދާފައިވާ ކާމިޔާބުތަކަށް ވެސް މިނިސްޓަރ ޝައިނީ އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެއަށް ސިއްހީ ދާއިރާއިން ލިބިފައިވާ ކާމިޔާބީތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުގެ ހަރުދަނާކަން ކަމަށާއި ދުރުވިސްނުން ކަމަށް ޑރ. ޝައިނީ ސިފަކުރެއްވިއެވެ.

ސަރަހައްދީ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ސިއްހީ ޚިދުމަތަށް ރައްޔިތުން އަމިއްލައަށް ކުރާ ޚަރަދު 49 އިން ސައްތައިން، 29 އިން ސައްތަ އަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރަހައްދީ ބައްދަލުވުމުގައި ސިއްހީ ދާއިރާއިން ދެމެހެއްޓެނިވި ނަތީޖާތަކެއް ނެރުމާއި ބެހޭ ގޮތުންނާއި ސިއްހީ ދާއިރާއާއި އިގްތިސާދާއި މުޖުތަމައުގެ ގުޅުން ވަރުގަދަ ކުރުމާއި އެކި ޕާޓްނަރޝިޕް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްހް ވިދާޅުވިއެވެ.  އަދި، ސިއްހީ ދާއިރާއާއި މޫސުމީ ގުޅުމުގެ މައްޗަށް ވަޒީރުންގެ ފެންވަރުގައި މަޝްވަރާކުރެވޭނެ ކަމަށާއި އޭގެން މާލެ ޑެކްލެރޭޝަންގެ ނަމުގައި ގަރާރެއް އެކުލަވާލާ، އެގަރާރަށް އަމަލުކުރަން ފެށޭނެކަމަށް ވެސް ޑރ. ސިންގްހް ވިދާޅުވި އެވެ.

ތިން ދުވަހަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ ބައްދަލުވުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން ބައިވެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް އަދި އޭނާ ރާއްޖެއައިސްފައިނުވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަމީތާބު ރާއްޖެ އަށް ކުރާ ދަތުރު ބޮއިކޮޓް ކުރުމަށް ގޮވާލާއި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ކެމްޕޭނެއް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް