ވައުދު ފުއްދުމުގެ ނަމުގައި ރައީސް މުޢިއްޒު އެކަނިވެރި މައިންނަށް ދިނީ ދޯކާއެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑިޕީ އިން ބޭއްވި ކަންމަތީ އެއްވުމުގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ރިޔާސި އިންތިހާބުގައި ރައީސް މުޢިއްޒު ވައުދުވީ އެކަނިވެރި މައިންނަށް 12،000 ރުފިޔާ އާއި އެޕާޓުމެންޓެއް ދޭން ކަމަށެވެ. އެހެން ނަމަވެސް އެ ވައުދު ފުއްދުމުގެ ނަމުގައި އެކަނިވެރި މައިންނަށް ދޭން ވިދާޅުވީ 3000 ރުފިޔާ ކަމަށް އަހުމަދު ދީދީ ވިދާޅުވި އެވެ.
3000 ރުފިޔާ ދޭނަމޭ ވިދާޅުވެފަ މި ވިދާޅުވަނީ ތިމަންނަ ވައުދު ފުއްދީއޭ. އެހެން ނަމަވެސް ވައުދުވީ މި ބޭފުޅާއަށް ވޯޓު ދޭންވެގެން އާދެސް ކުރަމުން ވިދާޅުވީ ތިމަންނަ 12000 ރުފިޔާ އާއި ވަންނާނެ ފުލެޓެއް އެޕާޓުމަންޓެއް ދޭނަމޭ ތިމަންނާ އަށް ވޯޓު ދޭށޭ. އެހެން ބުނެގެން އެކަމަށް ބިނާކޮށް ދިވެހި ރައްޔިތުންގެ ގިނަބަޔަކު ހާއްސަކޮށް އެކަނިވެރި މައިން އެބޭފުޅާ އަށް ވޯޓު ދިނީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ވައުދު ފުއްދުމުގެ ނަމުގައި އެކަނިވެރި މައިންނަށް ދޯކާ ދިންތަން.
ކުރީގެ މެންބަރު އަހުމަދު ދީދީ![]()
މެންބަރު އަހުމަދު ދީދީ ވިދާޅުވިީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ 2029 ވައުދެއް ވެގެން ދިވެހި ރައްޔިތުންނަށް ދޮގާއި މަކަރާ އޮޅުވާލުމުގެ ތެރެއިން ކަމަށެވެ. އަދި 120 ބިިލިއަން ރުފިޔާ ހަވާލުކުރީމައި ވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ވީތަނެއް ނުފެންނަ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.
މީގެ އިތުރުން އަހުމަދު ދީދީ ވިދާޅުވީ މިހާރު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ރައްރަށައް ޒިޔާރަތް ކުރެއްވި ރައީސް ކަމުގެ މެޑަލް ޖެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި މިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮަށް ޑިފެންސް ވަރުގަދަ ކުރަން ކަމަށް ބުނެ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ ހަރަދުކޮށްފަ ޑްރޯންތަކެއް ގަތް ކަމަށާއި އެހެން ނަމަވެސް މި ޑްރޯންތަކުންވެސް ދިވެހި ރާއްޖެ އަށް ވީ އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ. ދީދީ ވިދާޅުވީ، އެއީ ކަޓު ނެގުމުގެ ގޮތުން ހެދި ޑީލެއް ކަމަށް ގިނަ ބަޔަކު ބުނާ ކަމުގައެވެ.