ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 11:14
މަޑިވަރު، "އެޑްރެސް" ބްރޭންޑުގެ ދަށުން 2020 ގައި ހުޅުވުމަށް މަސައްކަތް ކުރަނީ
މަޑިވަރު، "އެޑްރެސް" ބްރޭންޑުގެ ދަށުން 2020 ގައި ހުޅުވުމަށް މަސައްކަތް ކުރަނީ
ގޫގުލް
މަޑިވަރު ރިސޯޓް
މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް
މަޑިވަރު ދީފައި އޮތީ ފިނޮޅު އިންވެސްޓްމެންޓް އަށް
މަސައްކަތް ކުރަމުންދަނީ 2020 ގައި ހުޅުވުމަށް
ރިސޯޓް ހިންގާނީ "އެޑްެރެސް" ބްރޭންޑުގެ ދަށުން

އއ. މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ މަޝްހޫރު ހޮޓެލް ގްރޫޕް، އިމާރު ހޮސްޕިލިޓީ ގްރޫޕާ ހަވާލުކޮށްފި އެވެ.

މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދިވެހި ސަރުކާރުން ދީފައި އޮތީ ފިނޮޅު އިންވެސްޓްމެންޓްގެ ޗެއާމަން އާދަމް އަބްދުލްޣަފޫރަށެވެ. 

މިހާރު ވެސް މެދުއިރުމަތީގައި 29 ހޮޓަލެއް ތަރައްގީ ކުރަމުންދާ އިމާރު ގްރޫޕުން މަސައްކަތް ކުރަމުން ދަނީ 2020 ވަނަ އަހަރު މަޑިވަރު ތަރައްގީކޮށް ހުޅުވުމަށެވެ.

މަޑިވަރު ރިސޯޓް ހިންގުމަށް އިމާރު ގްރޫޕުން ނިންމާފައިވަނީ، އެ ގްރޫޕްގެ "އެޑްރެސް" ބްރޭންޑުގެ ދަށުން، "އެޑްރެސް މަޑިވަރު މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" ގެ ނަމުގަ އެވެ. މި ރިސޯޓް ވެގެންދާނީ މިހާރު ވެސް 11 ހޮޓަލެއް ހިންގަމުންދާ އިމާރު ގްރޫޕުން ވަކި ރަށެއްގައި ތަރައްގީ ކުރާ ފުރަތަމަ ރިސޯޓަށެވެ.

އެ ރިސޯޓް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ 80 ބީޗް ވިލާ، އޯވަ- ވޯޓާ ވިލާ ހިމެނޭ ގޮތަށެވެ.

އިމާރު ގްރޫޕްގެ "އެޑްރެސް" ބްރޭންޑުގެ ދަށުން ސައުދީ އަރަބިއްޔާއާއި މިސްރާއި، ތުރުކީއާއި، ބަހްރެއިނުގައި ރިސޯޓާއި ހޮޓާ ތަރައްގީކުރުމުގެ މަަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް