ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 23:14
މިޔަންމާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންތަކެއް -- ފޮޓޯ:ރޮއިޓާސް
މިޔަންމާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންތަކެއް -- ފޮޓޯ:ރޮއިޓާސް
އޭޕީ
ޓެލެތޯން
ޓެލެތޯން އާދިއްތަ ދުވަހާއި ހޯމަ ދުވަހަށް ބަދަލުކޮށްފި
ތެލެތޯނަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ހިންގަން ރާވާފައިވާ ޓެލެތޯން އަންނަ އާދީއްތަ ދުވަހާއި ހޯމަ ދުވަހަށް ބަދަލުކޮށްފި އެވެ.

މި ޓެލެތޯން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ ހުކުރު ދުވަހުގެ 14:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ 14:30 އަށެވެ. ނަމަވެސް މިހާރު މި ޓެލެތޯން އޮންނާނީ އާދީއްތަ ދުވަހުގެ 14:30 އިން ހޯމަ ދުވަހުގެ 14:30 އަށެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް މި ތެލަތޯނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެހީ ފޯރުކޮށް ދިނުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ.

"ޓެލެތޯން މި ބަދަލުކުރީ ފަންޑަށް އެހީވުމަށް ތިބި އިތުރު ކުންފުނިތަކާއި ޖަމިއްޔާ ތަކާއި އަމިއްލަ ބައެއް ފަރުދުންގެ އެދުމުގެ މަތިން. މިއީ އީދު ބަންދަށް ވުމާއެކު ޓެލެތޯންއަށް އެހީވެވޭނެ ފުރުސަތު އިތުރުކުރުމަށް ގިނަ ބަޔަކު އަންނަނީ އެދެމުން. އެހެންވެ މި ބަދަލު މިގެނައީ،" ފިޔާޒު ވިދާޅުވި އެވެ.

ޓެލެތޯންގައި ކުންފުނިތަކާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކައުންސިލްތަކުން ބައިވެރިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކި ދާއިރާތަކުގެ ފަންނާނުންނަށް ވެސް މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް