ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 12:51
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރިޒްނާ ޒަރީރު
ސިވިލް ސާވިސް
އޮފީސްތައް ހުޅުވިޔަސް މިއަދުގެ ހާޒިރީ ދަށް!
ސްކޫލުތަކުގެ ކިޔެވުން ފެށޭނީ ސެޕްޓެމްބަރ 10 ގައި

އަޟްހާ އީދުގެ ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވި ނަމަވެސް، ހާޒިރުވި މުވައްޒަފުންގެ އަދަދު ވަރަށް މަދެވެ. 

 

ރާއްޖެއެމްވީން ސަރުކާރުގެ ބައެއް އޮފީސްތަކަށް ގުޅާލުމުން މައުލޫމާތު ހިއްސާކުރި ގޮތުގައި އޮފީސްތަކަށް ނިކުތް މުވައްޒަފުންގެ އަދަދު ވަނީ އެވްރެޖް ގޮތެއްގައި ދަށަށް ގޮސްފައެވެ.

 

ނިސްބަތުން އޮފީސްތަކަށް ނިކުމެފައިވަނީ ފަންސާސް އިންސައްތަ މުވައްޒަފުންނެވެ. އީދު ބަންދާއި ދިމާކޮށް ރަށްރަށަށް ދިޔަ ފަރާތްތަކަށް މާލެ އެނބުރި ނާދެވި ލަސްވަމުން ދަނީ މި ދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރަކަށްވެސް ވެފައި ފްލައިޓްތަކުން ޖާގަ ލިބުން ދަތިވެފައިވާތީ އެވެ.

 

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަދު އޮފީހަށް ނިކުމެފައިވަނީ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި ސަބަބަކީ މޫސުމް ގޯސްވުމާއި ސްކޫލު ބަންދާ ދިމާކޮށް އީދު ޗުއްޓީ އައިސްފަައިވާތީ ކަމަށެވެ.

 

"ވަރަށް ގިނަ މުވައްޒަފުން މިއަދު ސަލާމް ވެސް ބުނި،" އޮފިޝަލް ވިދާޅުވި އެވެ. 

 

ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވަނީ ހައްޖު ދުވަހުން ފެށިގެންނެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހެވެ.

 

އީދު ބަންދަށް ގިނަ ބަޔަކު ވަނީ ރަށްރަށަށް ފުރައިގެން ގޮސްފަ އެވެ. ސަރުކާރު އޮފީސްތައް ހުޅުވުނު ނަމަވެސް ސްކޫލްތައް ހުޅުވާނީ އާދީއްތަ ދުވަހު އެވެ.

 

އީދު ބަންދަށް ގިނަ އަދަދެއްގެ މީހުން ރާއްޖޭގެ ރަށްރަށަށް ގޮސްފައިވާއިރު މޫސުމް ގޯސް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް