Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2025 | ހުކުރު 21:51
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ލޫޓުވަައިފި އެއްވުން
ލޫޓުވަައިފި އެއްވުމަށް ހުރަސް އަޅައި، ޕެޕަރ ސްޕްރޭ ޖަހައިފި
ލޫޓުވައިފި އެއްވުމުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އެއްވެފައި
އެސަހައްދުން މީޑީއާ ދުރަށް ޖެއްސުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން
އެއްވުމުގެ ބައިވެރިން ދަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން

ލޫޓުވަައިފި އެއްވުމަށް ހުރަސް އަޅައި، ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން އިސްވެ އޮވެ ލޫޓުވައިފި އެއްވުމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އެއްވަފައެވެ. އާޓިފިޝަލް ބީޗް ފުރިފައިވާއިރު، އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގަށް ނުކުމެފައެވެ.

އެއްވުމުގެ ބައިވެރިން މަޖިދީ މަގުން ކުރިއަށް ދިއުމަށް ހިނގާގަތުމާއެކު ފުލުހުން ހުރަސްއަޅައި، ވަނީ ހިފަހައްޓާފައެވެ. އަދި އެސަރަަހައްދުން އާއްމުން ހުއްޓުވުމަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ. މީގެ އިތުރުން އެސަރަހައްދުން މީޑިއާ މީހުން ދުރަށް ދިއުމަށް ވެސް ފުލުހުން ދަނީ އިންޒާރު ދެމުންނެވެ. ނޫސްވެރިންނަށް ވެސް އެސަހައްދުގައި ނުތިބޭނެ ކަމަށް ފުލުހުން ބުނަމުންދާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެޓީވީގެ ނޫސްވެރިޔާ ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގާއި، މަޖީދީ މަގު ގުޅޭ ހިސާބު ކަންމަތީގައި ތިބި އެއްވުމުގެ ބައިވެރިން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެއްވެ އަޑު އުފުލުމުގެ މިނިވަންކަން ލިބިފައިވާ ކަމަށާއި، ހައްގުތަކަށް އަރައި ނުގަނެވޭނެ ކަމަށް އެއްވުމުގެ ބައިވެރިން ބުނެއެވެ.

މީގެ އިތުރުން މުޅި ގައުމު ލޫޓުވަމުންދާ ކަމަށާއި، އިންސާފު ގައުމުން ނަގާލައި، ކޮރަޕްޝަން މުޅި ގައުމުގައި އާއްމުކޮށްފައިވާ ކަމަށް ވެސް އެއްވުމުގެ ބައިވެރިން ބުނެއެވެ. އަދި އާއްމު ރައްޔިތުންގެ ދިރިއުޅުން ވަރަށް ބޮޑަށް ދަތިކޮށްފައިވާ ކަމަށާއި، ބިކަކޮށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ.

ލޫޓުވައިފި އެއްވުމަކީ ގައުމު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތެއް ކަމަށާއި، މިމަސައްކަތުގެ ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ވެސް އެއްވުމުގެ ބައިވެރިން ބުނެއެވެ.

- ކޮމެންޓް