އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ، ބޮޑެތި ކޮރަޕްޝަންތައް ބެލުމަށް މިސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރާ އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅެއް ކަމަށާއި، އެއީ ދައްކާ ބިރެއް ކަމަށެވެ.
މި ގާނޫނުގެ ދަށުން ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ މިސަރުކާރުގެ ބޭފުޅުންނަށްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނަކީ ހަދަންޖެހޭ ގާނޫނެއް ކަމަށެވެ.
ހަމަ ޑްރާމާ އެނގޭތޯ އެކުޅުއްވަނީ. އެބޭފުޅުންގެ އަތްތައް ކަނޑާފައި އެހެން ދިމާލަކަށް ފުރަތަމަ ދެވޭނީ. އެބޭފުޅުންގެ މުދާތައް ނަންގަވާފައި އެހެން ދިމާލަކަށް ދެވޭނީ. އެކަމަކު ރަނގަޅު. އެ ގާނޫނު ވެސް ހައްދަވަންވީ. އަދި އޭގެ މައްޗަށް އިތުރު ގާނޫނު ވެސް ހައްދަވަންވީ. ދެން އެފެށުނީނުންތޯ. ކުރިއަށް އޮތްތާގައި އަބަދަކު މިސަރުކާރެއް ވެސް ނޫން އޮންނަނީއެއް. ރަނގަޅު ވާހަކައެއް. އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރަކަށް އަސްލު ގެންގުޅެވުނު ވިސްނުމެއް ކަންނޭގެ ސްޓޭބިލިޓީއާ ދިމާލަށް ދިއުން އެނގޭތޯ
ފައްޔާޒް އިސްމާއިލް![]()
މީޑީއާ ކޮންޓްރޯލް ކުރާ ބިލަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ 2028 ގައި އަންނަ އެމްޑީޕީގެ ވެރިކަމުގައި މި ބިލު އުވާލާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިސަރުކާރުން މީޑީއާ ކޮންޓްރޯލް ކޮށްފައިވާ ގޮތުން ގޯސްކޮށް ކުރާ ހުރިހާ ކަމެއްގެ ވާހަކަ ދެއްކުން އެއްކޮށް ބަންދުވެފައިވާ ކަމަށެވެ. މިއީ ނުބައި ވެރިންނަށް ވެރިކަން ބޭނުން ގޮތަކަށް ކުރުމަށް ލިބޭ އޯޕަން ލައިސަންސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން އަނެއްކާ ވެސް މީޑިއާ ކޮންޓްރޯލް ބިލު ވެސް އުވާލާނެ. އެކަމަކު ހާގީގަތަކީ އޭގެ ގެއްލުން އަޅުގަނޑުމެންނަށް ލިބޭނެ. އެއީ ދޮގު ވާހަކަ ހަގީގަތުގައި މީޑިއާއިން ދައްކާ. ސޯޝަލް މީޑިއާގައި ވެސް ދައްކާ. ދިޔަރެސް އެއީ ލާ މަސީލު މިސާލެއް. ދޮގުހަދައިގެން ދައުލާތާ އާއްމު ރައްޔިތު މީހަކާ ގުޅޭގޮތުން ދޮގު ވާހަކައެއް ދައްކާފިއްޔާ ރަނގަޅު ބަދަލު ލިބެންޖެހޭ. ސިޔާސީ މީހުންނާއި، ސަރުކާރާއި، ކޯޓާއި މަޖިލީހާ މިނިވަން މުއައްސަސާތަކާއި ޕަބްލިކް އޮފީހާއި ޕަބްލިކާ ގުޅުންހުރި ނިންމުންތަކެއް ނިންމާ މީހުންނާ ބެހޭ ގޮތުން ދޮގެއް ހެދިޔަސް އެމީހުންނަށް ޖިނާއީ ދައުވާ ކުރެވިގެންނުވާނެ. ބަދަލު ހޯދަން ވެސް ދެވިގެން ނުވާނެ. އެހެނެއް ނޫން މީޑިއާއިން ދޮގެއް ހަދާފިއްޔާ އޭނާއަށް މައާފަށް އެދުމުގެ ހުކުމް އޮންނަންވާނެ .ކޮންޓްރޯލް ކުރީމަ ގޯސްކޮށް ކުރާ ކަންކަމުގެ ވާހަކަ ދެއްކުން އެއްކޮށް ބަންދުވީ. ނުބައި ވެރިންނަށް ވެރިކަން ކުރަން ހަމަ އެއްކަލަ ބުނާހެން އޯޕަން ލައިސެންސެއް މިލިބެނީ. މިޑީއާގައި ތަންތަނުގައި ވާހަކަ ދައްކަނީ ކިތާބީ ހެކި ލިބިގެން ނޫން. މިހާރު މިއޮތް ގޮތަށް އެއްވެސް ކޯޓެއްގައި ސީދާ ސާބިތު ކުރެވޭ މިންވަރަށް ޚަބަރު ހެދޭނީ. ރައްޔިތުންނާ ޑިމޮކްރަސީއާ ލިބޭ ބޮޑު ގެއްލުމެއް.
ފައްޔާޒް އިސްމާއިލް![]()
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އަމިއްލަ މުދަލެއްގެ ގޮތުގައި އޮންނަނީ ސައިކަލެއް އެކަނި ކަމަށާއި، ބޭރުގައި ހުޅުވާފައިވާ އެކައުންޓްގައި ފައިސާއެއްވެސް ނުހުންނާނެ ކަމަށެވެ. އެއީ ކިޔަވަން އުޅުންު އިރު ހުޅުވި އެކައުންޓެއް ކަމާއި މިހާރު އެ އެކައުން ނުއުވޭ ކަމެއް ވެސް ނޭގޭ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނުހުންނާނެ ކަމަަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އޭނާ އާ ދޭތެރޭވެސް ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރާ ކަމަށާއި އެހެން ނަމަވެސް މިއަދު އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދައުވާ ކުރަންޏާ އަވަހަށް ދައުވާ ކޮށް ޖަލަށް ލަންޏާ ޖަލަށްވެސް ލާންވީ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.