ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އަބްދުއްލަތީފު ފެނިއްޖެއެވެ.
މިދިޔަ ހުކުރުދުވަހު ހިލަ އުކަން ދިޔަ ގޮތަށް އަބްދުއްލަތީފުގެ ޚަބަރެއް ނުވެ ދެ ދެދުވަސް ފަހުން އޭނާ ފެނުނީ މައްކާ އިންނެވެ.
ޅ. ނައިފަރު އަބްދުއްލަތީފު މި ފެނުނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެއް ހަރަމްފުޅަށް ދިޔަ މަގުމަތީގައި ކަމަށް މައްކާގައި މިވަގުތު ހުރި "މިހާރު" ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ބުންޏެވެ.
އަބްދުއްލަތީފުގެ ހާލު ރަނގަޅު ނަމަވެސް އޭނާގެ ސިއްހީ ހާލަތު އިތުރަށް ބެލުމަށްޓަކައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ
.
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގެއްލުނު ދެ ހައްޖުވެރިންގެ ތެރެއިން އެކަކު ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެވެ. އުމުރުން 63 އަހަރުގެ ނ. ވެލިދޫ އަމީނާ ހަސަން ފެނިފައިވަނީ ސައީދު ބުނި ގޮތުގައި މުޒްދަލިފާއާ ވީ ކޮޅުގައި ހުންނަ މަސްޖިިދުލް ކުވެއިތު ކައިރިންނެވެ.
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގުރޫޕާ ވަކިވެ، އެހެން ބައެއް މީހުން ވެސް ގެއްލުނެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ ފެނިފަ އެވެ.
މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.