އަޟްހާ އީދަށް ސަރުކާރުގެ އޮފީސްތައް ބަންދުވުމަށްފަހު މާދަމާ އަލުން ހުޅުވޭނެއެވެ.
ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވަނީ ހައްޖު ދުވަހުން ފެށިގެންނެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އީދު ބަންދަށް ގިނަ ބަޔަކު ވަނީ ރަށްރަށަށް ފުރައިގެން ގޮސްފަ އެވެ. ސަރުކާރު އޮފީސްތައް މާދަމާ ހުޅުވި ނަމަވެސް ސްކޫލްތައް ހުޅުވާނީ އާދީއްތަ ދުވަހު އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދުގެ ކުޅިވަރު ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައި ވާއިރު، ހުޅުމާލޭގައި ވެސް އީދު ފާހަގަކުރުމަށް ސަގާފީ ހަރަކާތްތައް ބާއްވާފައިވެއެވެ.
އީދު ބަންދަށް ގިނަ އަދަދެއްގެ މީހުން ރާއްޖޭގެ ރަށްރަށަށް ގޮސްފައިވާއިރު މޫސުމް ގޯސް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.