Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2025 | އާދީއްތަ 06:04
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
އެމްޑީޕީ
އިބްރާހިމް އަމީރު
އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓުކޮށްގެން ބާޒާރުގެ އަގު ދަށްކުރުމަކީ ދިގު މުއްދަތުގެ ހައްލެއް ނޫންކަމަށް އިބްރާހިމް އަމީރު ވިދާޅުވި
ސަރުކާރުން ބައެއް ވިޔަފާރިތަކަށް ވަންނަން ޖެހެނީ ވިޔަފާރިވެރިން ސިޔާސީ ބޭނުމުގައި ރައްޔިތުންނަށް ދެރަދޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި
އާފަލުގެ އަގު އުފުލުމުގެ އަސްލު ސަބަބުތައް އަމީރު ޗާޓެއްގެ ޒަރިއްޔާއިން ދައްކުވައިދެއްވި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އާފަލު އިމްޕޯޓުކޮށްގެން ބާޒާރުގެ އަގުތައް ދަށްކުރުމަށް މަޖުބޫރުކުރުމަކީ ދިގު މުއްދަތުގެ ހައްލެއް ނޫންކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ބައެއް ވިޔަފާރިތަކަށް ވަންނަން ޖެހެނީ، ވިޔަފާރިވެރިން ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ރައްޔިތުންނަށް ދެރަދޭތީ ކަމަށެވެ.

މިކަމާ ގުލިގެން އަމީރު ވަނީ ސޯޝަލް މީޑިއާގައި ޚާއްސަ ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ ބާޒާރުގައި އާފަލުގެ އަގު އުފުލެން މެދުވެރިވެދާނެ ސަބަބުތައް ޗާޓެއްގެ ޒަރިއްޔާއިން ދައްކުވައިދެއްވާފައެވެ. އަދި މި ޗާޓަކީ ވިޔަފާރިތަކުން ސިޔާސީ ބޭނުމަކަށްޓަކައި ގަސްދުގައި އަގު ބޮޑުކުރުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އަމީރު އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒުއަކީ ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެއްކަމުން، އެ ޗާޓު ބައްލަވާލެއްވުމުން އަގު ބޮޑުވުމުގެ އަސްލު ސަބަބުތައް ސާފުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

- ކޮމެންޓް