Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2025 | އާދީއްތަ 06:02
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒު
ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށަން ސަރުކާރުން ނިންމައިފި
ރައީސް ވިދާޅުވީ، ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަކީ ސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަންކަން
ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވި
ފީއަލީގެ ތަރައްޤީއަށް ބަނދަރު އަޕްގްރޭޑްކުރުމާއި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި ސޮއިކުރެވުނު

ފ. ފީއަލީގައި ހުއްޓިފައި އޮތް ބިން ހިއްކުމުގެ މަޝްރޫއު، ބޮޑު ހިލައިގެ ޝިޕްމަންޓް ލިބުމާއެކު އަލުން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފީއަލީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ އެހެން ރަށްރަށުގެ މަސައްކަތްތައްވެސް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފ. އަތޮޅު މަދަރުސާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ހުއްޓިފައިވާ މަޝްރޫއުތައް އަވަހަށް ފެށުމާއި، ފީއަލީ އައިސްޕްލާންޓާ ގުޅޭ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަކީ ސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަންކަން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފީއަލީގެ ތަރައްޤީއަށް އަމާޒުކޮށް ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ވަނީ ސޮއި ކޮށްފަ އެވެ. މީގެ ތެރޭގައި ބަނދަރު އަޕްގްރޭޑްކުރުމާއި، ޖެޓީ ހެދުމުގެ މަޝްރޫއު، މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއު އަދި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއު ހިމެނެއެވެ.

މީގެއިތުރުން، ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުމާއި އަދިބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ވަނީ ހުޅުވާފަ އެވެ.

- ކޮމެންޓް