Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2025 | ހޮނިހިރު 16:48
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން
ހެލްތު މިނިސްޓްރީ
ކޮންޓްރޯލްޑް ޑްރަގް
ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތި ވެއްޖެ
ވިއްކަމުންދަނީ ބިއުޕްރެނޯފިން ނަމަކަށް ކިޔާ ބޭހެ
ބިއުޕްރެނޯފިންގެ ދިހަ ގުޅަ ވިއްކަމުންދަނީ ދެހާސް ރުފިޔާއަށް
މި ބޭސް ވިއްކަމުންދާ އަދި ގަންނަ ފަރާތްތަކުގެ މަޢުލޫމާތު އެންޑީއޭއަށް ލިބިފައިވޭ

ރާއްޖޭގައި ވިއްކުން މަނާ ކޮންޓްރޯލްޑް ޑްރަގެއް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވިއްކަމުންދާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހާމަކުރައްވާފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިނެވެ.

އެންޑީއޭގެ ޗެއާޕާސަން އެކްސް މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، ވިއްކަމުންދަނީ ބިއުޕްރެނޯފިން ނަމަކަށް ކިޔާ ބޭހެކެވެ. މި ބޭހަކީ ރާއްޖޭގައި ވިއްކުން މަނާ ކޮންޓްރޯލްޑް ޑްރަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބޭހެކެވެ.

އަދި މިބޭހުގެ 10 ގުޅަ ވިއްކަމުންދަނީ 2،000 ރުފިޔާއަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކޮންޓްރޯލްޑް ޑްރަގުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމަކީ މަނާކަމެއްކަން ލުބްނާ ފާހަގަކުރެއްވިއެވެ. އަދި މި ބޭސް ވިއްކަމުންދާ ފަރާތްތަކުގެ މަޢުލޫމާތު، އެ ބޭސް ގަންނަ ފަރާތްތަކުގެ ފަރާތުން މިހާރު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ޞިއްޙީ އަދި އިޖްތިމާޢީ ގޮތުން ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ބެލެވެއެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާތަނަށް އެއްވެސް އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް