Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2025 | ހުކުރު 13:25
ކޮލަމާފުށީ ކައުންސިލްއާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ
ކޮލަމާފުށީ ކައުންސިލްއާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލަކީ ކައުންސިލްތަކަށް ''ޒަހަރުލުން'': ކޮލަމާފުށީ ކައުންސިލްގެ ރައީސް
ރައްޔިތުންގެ ބާރުތައް އަތުލާ ބަޔަކަށް ސަރުކާރު ވެގެންނުވާނެ
މި ސަރުކާރުން ގެނެސްފައިވާ މި ބަދަލާއެކު ބާރުތައް ވަރަށް ބޮޑަށް ވަނީ ހަނިވެފައި
ރަށުގެ ތަރައްގީގެ މަޝްރޫއުތަކާއެކު ކައުންސިލްގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ވަނީ ހުއްޓިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލަކީ ކައުންސިލްތަކަށް ޒަހަރުލުން ކަމަށް ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ލާ މަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލަކީ ކައުންސިލްތަކަށް ޒަހަރުލުން ކަމަށާއި، އެއީ ކައުންސިލްތައް މަރާލުމަށް ކޮށްފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ރައްޔިތުންގެ ބާރުތައް އަތުލާ ބަޔަކަށް ސަރުކާރު ވެގެންނުވާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން ގެނެސްފައިވާ މި ބަދަލާއެކު ބާރުތައް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށާއި، ނިޒާމަށް ގެނައި ބަދަލާއެކު، ރަށުގެ ތަރައްގީގެ މަޝްރޫއުތަކާއެކު ކައުންސިލްގެ މަސައްކަތް ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް މިގެނެވުނު ބަދަލަކީ ކައުންސިލްތަކަށް ޒަހަރުލުން. އެއީ ކައުންސިލްތައް މަރާލުން. ރައްޔިތުންގެ އަޑު ހުއްޓުވުން. އެއީ ދެން އަޅުގަނޑު ސިފަކުރާނެ ގޮތް. ހަގީގަތުގައި ވޭތުވެދިޔަ ތާރީހުގައި 15 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ކައުންސިލްތަކަށް މިހައި ބޮޑު ގެއްލުމެއް ދިން ސަރުކާރެއް ނެތް. ހަގީގަތަށް ތެދަށް ދަންނަވަންޏާ. އެއީ ސަބަބަކީ ރައްޔިތުންނާ ގުޅުންހުރި ވަރަށް ގިނަ އަސާސީ ކަންކަން މިއޮތީ މިގެނައި ބަދަލާއެކު ހުއްޓިފައި. ހަގީގަތުގައި ކައުންސިލްތައް ވެގެންދާންޖެހެނީ ބާރުތައް ލިބޭ ބަޔަކަށް އަބަދުވެސް. އަތުގައި އޮންނަ ބާރެއް ހިފެހެއްޓުމުގެ ބަޔަކަށް ސަރުކާރުތަކުން ވެގެންނުވާނެ.

ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު

މިއަހަރު ކޮލަމާފުށީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ވަނީ ރާވާފައެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު މަސައްކަތްތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކޮށްފައިވެއެވެ.

- ކޮމެންޓް