ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 23:13
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު
އަޒުމޫން އަހުމަދު
އަދުލްއިންސާފު ގާއިމް ކުރުން
ކޯޓުތަކުން އިންސާފުން ކަންކަން ކުރާ ކަމަށް ގައުމުގެ އެއް ޕަސެންޓް މީހުންވެސް ގަބޫލެއް ނުކުރާނެ: ޑރ ޖަމީލު
ރާއްޖޭގެ ކޯޓުތަކަށް ރައްޔިތުން މިހާރު އިތުބާރެއް ނުކުރޭ
ސަރުކާރުން ކުރާ ކަމަކީ އިސް ލީޑަރުންނާމެދު ފިޔަވަޅު އެޅުން
ކޯޓުތަކުން އިންސާފުވެރި ޝަރީއަތްތަކެއް ހިންގަންޖެހޭ

 

 ރާއްޖޭގެ ކޯޓުތަކުން ތެދުވެރިކަމާއި  އަމާނާތްތެރިކަމާ އެކު ނިންމުންތައް ނިންމާނެ ކަމަށް ގަބޫލު ކުރާނެ އާބާދީގެ އެއް ޕަސެންޓް ރައްޔިތުންވެސް ނޫޅޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި ވެސް ފަނޑިޔާރުންނަކީ މިނިވަންކަމާއެކު ތަފާތު ކުރުމެއް ނެތި އަދުލްއިންސާފު ގާއިމް ކުރުމަށް ތިބޭ ބަޔަކަށްވާއިރު މިއަދު އެކަން ގިނަ ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ރައްޔިތުން މިއަދު ހަމަހަމަކަމާ އެކު ކޯޓުތަކުން އިންސާފު ގާއިމް ކޮށްދޭ ކަމަށް އެއްވެސް ސިފައެެއްގައި ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ދުނިޔޭގެ ތަހުޒީމީ މުޖުތަމައުގައި ވެސް އެނމެ ނިކަމެތި މީހާވެސް ނުވަތަ އެންމެ މުއްސަނދި މީހާވެސް ޝަރުއީގެއަށް މައްސަލައެއް ހިފައިގެންދާނީ، އިންސާފުވެރިކަމާ އެކު މައްސަލަ ނިންމާނެ ކަމަށް ގަބޫލުކޮށްގެން." ޖަމީލު ވިދާޅުވި އެވެ.

 ޖަމީލު ވިދާޅުވީ، ފަނޑިޔާރުންނަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަން އަވަށްޓެރި ގައުމުތަކުން ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ދާދިފަހުން، ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފު ވެރިކަމުން ވަކި ކުރި މައްސަލައާއި އިންޑިޔާގެ ދީނީ ލީޑަރަކާމެދު އިންޑިޔާގެ ކޯޓަކުން ނިންމި ނިންމުންތައް ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

މިއަދު މިގައުމުން ފެނިގެންދަނީ، ކިރިޔާވެސް ސަރުކާރު ހިންގާ، މީހުންނާ  ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ އަނގަބަންދު ކުރާ މަންޒަރުކަމަށް ވިދާޅުވިއެވެ.. ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ ފުރުސަތުތައް މި ސަރުކާރުން ހަނިކުރުމުންދާ ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ސިޔާސީ އިސް ލީޑަރުންގެ އަނގަ ބަންދު ކުރުމަށް، ގޮޅިތަކަށް އެފަދަ ފަރާތްތައް ލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ހިޔާލު ފާޅުކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަމެއް މިއަދު ނެތް ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

ޑރ ޖަމީލު ވިދާޅުވީ، ގައުމެއް ގައުމަކަށް ވަނީ ވަކި ކަހަލަ ރުކުންތަކެއް ހަމަވެގެންކަމަށާއި ރައްޔިތުންނަށް އަދުލްވެރި އިންސާފުވެރި ނިންމުންތަކެއް ނިންމައިދީ، ހައްގުތައް ރައްކާތެރިކޮށް،މިނިވަންކަމާ އެކު ޝަރުއީ ކޯޓުތަކުން މަސައްކަތްކޮށްގެން ނޫނީ، ގައުމެއްގެ ރުކުންތައް އެންމެ ފުރިހަމަ ނުވާނެ ކަމަށެެވެ.

 ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެމީހުން ކުރަނީ ގައުމިއްޔަތުގެ މަސައްކަތް ކަމުގައި ބުނި ނަމަވެސް ފެނިގެންދަނީ ކިރިޔާވެސް ސަރުކާރާ އިދިކޮޅަށް އެއްޗެއް ބުނާ މީހަކާ މެދު ފިޔަަވަޅު އަޅާ މަންޒަރު ކަމަށް ޖަމީލު ވިދާޅުވި އެވެ.

" ލަސްތަކެއް ނުވެ ގާނޫނާ ހިލާފުވާ ފަރާތްތަކާ ހަމައަށް ގަނޫނު އަރާ ހަމަކުރާނެ. މިއީ ތާރީހުވެސް ހެކިވާނެ ކަމެއް. ނުބައިކޮށް ކަންތައްތައް ކުރާ ފަރާތްތަކާ ހަމައަށް އެކަމުގެ ހިތި ނަތީޖާ ފެނިގެންދާނެ." ޑރ ޖަމީލު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ސެޕްޓެންބަރ 2017 | ހޯމަ 00:08
ހުސެން
ޖަމީލުގަބޫލުނުކުރާނަމަ ރާއްޖޭގެރަތްޔިތުންވެސްގަބޫލުނުކުރާނެކަމަންހީކުރަނީތަ ތިޔާ ވަރައްބޮޑުކުންހީޔެއް އަހަރުމެން ސަރުއީދާއިރާޔައް ވަރައްތަައީދުކުރަން
3 ސެޕްޓެންބަރ 2017 | އާދީއްތަ 23:28
ބުރުނު
އެހެންތާ ވާނީދޯ މީނަވިއްޔަ ހުރިހާކަމެއް ދަންނަ މީހަކަށް ހުރީ