ރޮހިންޖާ ދަރިކޮޅު ރައްޔިތުންނަށް އިންސާނީ ހައްގުތަކުގެ އެންމެ އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށް މިޔަންމާގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އޮއުންގ ސަން ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދުގެ ޓްވިޓްގައި ވިދާޅުވެފައިވަނީ ގައުމުގައި ހިނގާ ހުރިހާ ކަމެއް ސިޔާސީ ކަންކަމުގެ ގޮތުގައި ނަގައިގެން ނުވާނެ ކަމަށެވެ. ރޮހިންޖާ ދަރިކޮޅުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އިންސާނީ ރަހުމުކުޑަ އަމަލުތަކުން އެ ރައްޔިތުން ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކުރުމަށް އޮއުންގ ސަން ސޫ ކީ އަށް އެ ޓްވީޓުގައި ގޮވާލައްވައިފައިވެއެވެ..
Aung San Suu Kyi must protect the Rohingya's basic human rights. Not everything should be driven by political expedience.
— Mohamed Nasheed (@MohamedNasheed) September 3, 2017
ރައީސް ނަޝީދު މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު މިޔަންމާގެ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓްގެ ވަރަށް ގިނަ ތަންތަނުގައި ރޯކޮށް ލާއިންސާ އަމަލުތައް ހިންގުން މިދުވަސްވަރު އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.
އެ ސްޓޭޓަށް އިންސާނީ ހައްގުތަކަށް މސައްކަތް ކުރާ ބައިނަލްއަގްވާމީ މޮނީޓަރުންނަށް ނުވަދެވޭ އިރު އެކަމާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިޔަންމާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ މުސްލިމުން ދަނީ ބަންގްލަދޭޝްއަށްވެސް ހިޖުރަކުރަމުންނެވެ.
އެގޮތުން ގާތްގަނޑަކަށް 58000 މިޔަންމާގެ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަރަހައްދު އަންދަމުންދަނީ ހައްދުފަހަނައަޅާފައިވާ ބުދިސްޓު މީހުންނެވެ. އެގައުމުގެ މެޖޯރިޓީ އަކީވެސް ބުޑިސްޓުންނެވެ.
ރާކީން ސްޓޭޓްއަކީ މިޔަންމާގެ އެންމެ ފަގީރު އެއް ސްޓޭޓް އެވެ. އެސިޓީގައި ރޮހިންޖާ ދަރިކޮޅުގެ މިލިއަނަކަށް ވުރެ ގިނަމީހުން ދިރިއުޅެމުންދެ އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ގިނަ ދުވަސްތަކެއްވެ ހައްލުނުވެ އޮތް މައްސަލައެކެވެ.
ސޫ ކީ އަކީ ނޯބަލް ޕީސް ޕްރައިސް ވެސް ކާމިޔާބު ކުރައްވައިފައިވާ ފަރާތަކަށްވާ އިރު އެކަމނާ އަކީ އެގައުމުގެ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ސިޔާސީ ލީޑަރެކެވެ.
މިދިޔަ އަހަރު ޓިން ޗޯ މިޔަންމާގެ ރައީސް ކަމަށް އައިސްފައިވާ އިރު ސޫ ކީ އަދާކުރައްވަމުންދަނީ ސްޓޭޓް ކައުންސިލަރގެ މަގާމެވެ.