Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 16:34
އެޗްއާރްސީއެމް އިން އިންތިޚާބާ ބެހޭ ގޮތުން ބޭއްވި ނޫސް ކޮންފަރެންސެއްގެ ތެރެއިން
އެޗްއާރްސީއެމް އިން އިންތިޚާބާ ބެހޭ ގޮތުން ބޭއްވި ނޫސް ކޮންފަރެންސެއްގެ ތެރެއިން
އެޗްއާރްސީއެމް
އެޗްއާރުސީއެމް
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ފުރުސަތު ހުޅުވާލީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ ދައުރު ހަމަވާތީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 22 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މަސްދަރު: ރައީސް އޮފީސް
- ކޮމެންޓް