Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 17:09
އާމިރު ސަލީމް
އާމިރު ސަލީމް
ރާއްޖެއެމްވީ
އާމިރު ސަލީމް
މީޑިއާ ކޮންޓްރޯލް ބިލް އަވަހަށް ފާސް ކޮށްފި ނަމަ ސަރުކާރު އަވަހަށް ވެއްޓޭނެ: އާމިރު
މީޑިއާ ކޮންޓްރޯލް ބިލު ދިރާސާ ކުރާ ކޮމިޓީން ނޫސްވެރިން ނެރުމާ ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރި
އެހެން ބާރުތައް އަޅުވެތި ކުރިގޮތައް ނޫސްވެރިކަމުގެ ބާރު އަޅުވެތިކޮށް އުލު ބައިންދައިގެން ސަރުކާރަކަށް ހަމަޖެހިގެން ނުތިބެވޭނެ

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު އަވަހަށް ފާސްކޮށްފިނަމަ ވެރިކަން އަވަހަށް ވެއްޓޭނެ ކަމަށް ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވެއްޖެ އެވެ.

"މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާ ކުރާ ކޮމެޓީ ސިއްރުކޮށް ކޮމެޓީގައި ތިބި ނޫސްވެރިން ނެރުމާއި ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން ކުރި އިހުތިޖާޖުގައި ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކޮށް ނޫސްވެރިން އުލު ބައިންދާ ބިލު އަވަހަށް ފާސްކޮށްފި ނަމަ ސަރުކާރު އަވަހަށް ވެއްޓޭނެ ކަމަށައި ބިލު ފާސް ނުކޮށް މަޑުކުރި ވަރަކަށް ސަރުކާރަށް ދުވަސްކޮޅަކު ހަމަ ޖެހިލައިގެން ތިބެވިދާނެ ކަމަށެވެ. އަދ

ނޭޕާލްގެ ވާހަކަ ވަރަށް ގިނައިން ދެކެވިއްޖެ އެކަމު އަޅުގަނޑު އެވާހަކަ ދައްކާކަށް ނޫން. އެކަމު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބައެއް މެންބަރުން ވިދާޅުވަނީ ވީ އެންމެ އަވަހަކަށް މި ބިލު ފާސްކުރަންޖެހޭ. ތެދެއް ފާސްކުރައްވަންވީ އަވަހަށް ބިލު ފާސްކުރައްވަންވީ އަވަހަށް ބިލު ފާސްކުރި ވަރަކަށް އަވަހަަށް ސަރުކާރު ވެއްޓޭނެ އިނގޭތޯ. މިީ ހަގީގަތް.

އާމިރު ސަލީމް

އާމިރު ވިދާޅުވީ އެހެން ބާރުތައް އަޅުވެތި ކުރިގޮތައް ނޫސްވެރިކަމުގެ ބާރު އަޅުވެތިކޮށް އުލު ބައިންދައިގެން ސަރުކާރަކަށް ހަމަޖެހިގެން ނުތިބެވޭނެ ކަމަށާއި އެކަމަށް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ނޫސްވެރިންގެ އަދަދު ފަހަރުގައި ނިސްބަތުން އެހެން ދިމަދިމާލަށްވުރެ މަދުވެދާނެ ކަމަށާއި ނަމަވެސް ނޫސްވެރިންގެ ފަހަތުގައި މުޅި ރާއްޖެ އޮންނާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި، ނޫސްވެރިން ހިފަހައްޓައިގެން ތަޅު އަޅުވައިގެން އެއްޗެހި ލިޔުނަ ނުދީ ގަދަ ބާރުން ސަރުކާރުން ބޭނުންވާ ހެޑްލައިންތައް ޖަހުވައިގެން ރައްޔިތުން އެގޮތް ގަބޫލުކޮށްގެން ތިބޭނެ ކަމަށް ސަރުކާރުން ހީކޮށްގެން ނުވާނެ ކަމަށާއި މުޅި ދުނިޔެ އެދައްކަނީ އެމަންޒަރު ކަމަށެވެ.

އަދި ހުދުމުހުތާރު ވެރިކަމެއް އުފެދެންވެސް މުއްދަތެއް ބޭނުންވާނެ ކަމަށާއި ދެ އަހަރު ތެރޭގައި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރަން މީޑިއާތައް ތަޅުއަޅުވަން އުޅުއްވާނެ ކަމެއް ނެތް ކަމަށާއި އެއީ ވާނެ ކަމެއް ނޫން ކަމަށް އާމިރު ވިދާޅުވި އެވެ.

- ކޮމެންޓް