ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 08:45
ޗެލްސީ އަށް ކުޅެމުން އަންނަ ޑިއެގޯ ކޯސްޓާ
ޗެލްސީ އަށް ކުޅެމުން އަންނަ ޑިއެގޯ ކޯސްޓާ
ގޯލް.ކޮމް
ޑިއެގޯ ކޯސްޓާ
އެންމެ ފަހުން ޗެލްސީގެ ސްކޮޑުގައި ކޯސްޓާ ހިމަނައިފި
ކޯސްޓާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން
ކޯސްޓާ ކްލަބުގައި މަޑުކުރުވުމަށް ޗެލްސީން އަންނަނީ މަޝްވަރާކުރަމުން

އެންމެ ފަހުން މި ސީޒަނުގެ ޕްރިމިއާ ލީގަށް ޗެލްސީ ބޭނުން ކުރާ ސްކޮޑުގައި ޑިއެގޯ ކޯސްޓާ ހިމަނައިފި އެވެ.

މި ޓްރާންސްފާ ބާޒާރުގައި ޗެލްސީ ދޫކޮށްލާނެ ކަމަށް ބެލެވޭ ކޯސްޓާ ޗެލްސީ ސްކޯޑުގައި ހިމަނާފައިވާއިރު، މިކަމާ ގުޅިގެން ކްލަބުން ވެސް އަދި ކޯސްޓާ ވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ކޯސްޓާ ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ޓްރާންސްފާ ބާޒާރުގައި ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށްލަން މަސައްކަތް ކުރީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ގޭމް ޕްލޭނަށް އޭނާ ފިޓް ނުވާ ކަމަށް ބުނުމުންނެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުގައި ކޮންޓޭ ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާ އިން ފެށިގެން ކޯސްޓާ ވިއްކާލުމަށް ކްލަބުގެ ބޯޑަށް އަންގާފައެވެ. އެހެންނަމަވެސް އެކަން އަދިވެސް އެގޮތަށް ހިނގާފައެއްނުވެއެވެ.

ޗެލްސީން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިނުވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ވަނީ އޭސީ މިލާނާއެކުވެސް ޓްރާންސްފާއާ ބެހޭގޮތުން މަޝްވަރާކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށް ފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް