ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 14:38
ރަޝިއާގެ މާރިއާ ޝަރަޕޯވާ
ރަޝިއާގެ މާރިއާ ޝަރަޕޯވާ
ގޫގުލް
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ޝަރަޕޯވާއާއި ވީނަސް ވެސް މޮޅު ވެއްޖެ
ޝަރަޕޯވާ މެޗު ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުން
ވީނަސް މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުން

ޔޫެއެސް އޯޕަން ޓެނިސް މުބާރާތުގައި ރަޝިއާގެ މާރިއާ ޝަރަޕޯވާ އަދި އެމެރިކާގެ ވީނަސް ވިލިއަމްސް ވެސް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ވިއްސާރަ ވުމުގެ ސަބަބުން ލަސް ކުރެވުުނު މި މެޗުތައް ކުޅެވިގެން ދިޔައީ ނިއު ޔޯކުގެ އަރްތޫރް އޭޝް ސްޓޭޑިއަމްގައެވެ.

ޝަރަޕޯވާ ތިން ވަނަ ބުރުން ޖާގަަ ކަށަވަރު ކުރީ ހަންގޭރީގެ ޓިމިއާ ބަބޯސް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ފުރަތަމަ ސެޓު 7-6 އަކުން ބަބޯސް ގެންދިޔަ ނަމަވެސް ޝަރަޕޯވާ ވަނީ އޭގެ ފަހުން ކުޅުނު ދެ ސެޓު 6-4 އަދި 6-1 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.

މިއީ ޝަރަޕޯވާ ޑޯޕިންގްގެ މައްސަލައެއްގައި 15 މަސްދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަ ކުރުމަށްފަހު ކުޅޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ ފުރަތަމަ ބުރުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސައިމޯނާ ހޭލެޕް ބަލިކޮށްފައެވެ.

މީގެކުރިން ޔޫއެސް އޯޕަން ދެފަހަރު ކާމިޔާބު ކުރި އެމެރިކާގެ ވީނަސް ވިލިއަމްސް ވެސް ވަނީ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. އޭނާ ތިންވަނަ ބުރަށް ދަތުރު ކުރީ ފްރާންސްގެ އޯސިއާނާ އޯޑިން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ވީނަސް ގެންދިޔައީ 7-5 އަދި 6-4 އަކުންނެވެ.

މި ކުޅުންތެރިންގެ އިތުރުން ހަތަރު ވަނަައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓްލީނާ ވެސް ވަނީ ޗެކް ރިޕަބްލިކްގެ ކެތެރީނާ ސިނިއަކޯވާ ދެ ސެޓު އެއް ސެޓުން ބަލިކޮށް ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

މުބާރާތުގެ ފަސް ވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީ ވަނީ ރަޝިއާގެ އެކަޓާރީނާ މަކަރޯވާ އަތުން ދެ ސެޓު އެއް ސެޓުން ބަލިވެ މުބާރާތާއި ވަކިވެފައެވެ.

ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސްގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ޖަރުމަނުގެ އެންޖެލިކް ކަރްބާއެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި ޖަޕާނުގެ ނައޯމީ އޮސާކާ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް