ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް ނެރެމުންދިޔަ "ރުމާލު 2" މަޖައްލާ ހިމެނޭ ގޮތަށް ޖުމުލަ 22 ނޫސް، މަޖައްލާއެއް އުވާލަން ނިންމައިފި އެވެ.
ރުމާލް 2 އިފްތިތާހްކޮށް ދެއްވީ ވެސް ޖުލައި 18، 2015 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ނޫސް މައްޖައްލާ ފަދަ ތަކެތި ޝާއިއުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުން ގަވާއިދުން ނެރެމުން ނުގެންދާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތައް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ.
އުވާލަން ނިންމާފައިވާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތައް
1. ދިވެހި ކޮމް އެމްވީ
2. ޓައިމްސް އެމްވީ
3. ބީ 15 ޑޮޓް އެމްވީ
4. ތުޅާދޫ މަލަ
5. ވެލިދޫ ނިއުސް
6. ފަތިސް
7. ރަށޮވެށި
8. އެޑިއު ދާލަ
9. ވިޔަފާރި އެމްވީ
10. އަސްލު
11. ވިޔަފާރި މިއަދު
12. ދުވަސް
13. ދަރިފުޅައްޓަކައި
14. ކުއިލް އެޑްސް
15. މުދައްރިސް
16. އަނގޮޅި
17. ޔަގީން
18. އެކްސްޕޯލް
19. ތިންހަމަ ޕްލަސް
20. ރުމާލު2
21. ސެލާސް22. ހުޅުވެހި