ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 11:27
ޕިރަމިޑުން ކުރިއަށްގެންދާ "ހޯލް ސޭލް" ޕްރޮމޯޝަން
ޕިރަމިޑުން ކުރިއަށްގެންދާ "ހޯލް ސޭލް" ޕްރޮމޯޝަން
ރާއްޖެއެމްވީ
ޕިރަމިޑު "ހޯލް ސޭލް"ޕްރޮމޯޝަން
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
މިޕްރޮމޯޝަން ސެޕްޓެމްބަރ 15އާ ހަމައަށް ކުރިއަށްގެންދާނެ
އިވެންޓް އޮންނާނީ ރުއްގަނޑު ސަރަހައްދު ކުރިމަތީގައި

ރާއްޖޭގެ ބާޒާރަށް ތަފާތު ގިނަ ބްރޭންޑްގެ މުދާ އެތެރެކޮށް ވިއްކަމުންގެންދާ ޕިރަމިޑުން "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

 

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ޕިރަމިޑުގެ މާރކެޓިން މެނޭޖަރ މުހައްމަދު ސޮބާޙް ވިދާޅުވީ މިއީ ހޯލް ސޭލް ކަސްޓަމަރުންނަށް އަގު ހެޔޮކޮށް ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށާއި އެގޮތުން ތިން ބްރޭންޑަކުން މިޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

 

"ފްރީ ޓޭސްޓިން" އިވެންޓްގެ ގޮތުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ރެޖިއާ ބްރޭޑްގެ ޕާސްތާއި އާއި ރެޖިއާގެ އެހެނިހެން އުފެއްދުންތަކުގެ ރަހަ ބަލާލެވޭނެއެވެ.

 

މި އިވެންޓުގައި ބައިވެރިވެ ގުރުއަތުން ހޮވޭ ފަރާތަކަށް ވެސްޓެލް އިންވާޓާރ އެއަރ ކޯނެއް ލިބޭނެ ކަމަށް ސޮބާޙް ވިދާޅުވިއެވެ.

 

ސެޕްޓެމްބަރ 2 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިވެންޓް އޮންނާނީ އެއަރޕޯޓް ބަސް ސްޑޭންޓް ކައިރީ ރުއްގަޑު ސަރަހައްދު ކުރިމަތީގައެވެ.

 

ސޮބާހް ވިދާޅުވީ މިޕްރޮމޯޝަންގެ ދަށުން މަންޗީ މާރީ، ރެޖިއާ، އަދި ގާރޑެން ފްރެޝްގެ ބްރޭންޑްތަކުން ކޮންމެ ފަސް ކޭހެއް ބައްލަވައިގަތުމުން އެއް ކޭސް ހިލޭ ލިބޭނެ ކަމަށެވެ. އެގޮތުން މަންޗީ މާރީގެ ޗޮކްލެޓް މާރީ ބިސްކޯދާއި، ރެޖީއާގެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓްތަކާއި، ގާރޑެން ފްރެޝްގެ ފަސް ރޭންޖެއްގެ ޕްރޮޑަކްޓްސް ވަނީ މި ޕްރޮމޯޝަންގައި ހިމަނާފައެވެ.

 

މީގެ އިތުރުން ވެސް ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކޭހަކާއި އެކީ ހިލޭ ގިފްޓް ޕެކެއް ލިބޭނެ ކަމަށް ސޮބާޙް ވިދާޅުވިއެވެ.

 

ސެޕްޓެމްބަރ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިޕްރޮމޯޝަންގެ ދަށުން ތަފާތު އިވެންޓްތަކެއް މާލެއާއި އައްޑު ސިޓީ އަދި ކުޅުދުއްފުށީގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި އިވެންޓްތަކުގައި މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް ގެންދާ ޕްރޮޑަކްޓްސްތައް ތަޖްރިބާ ކޮށްލުމަށް ފަހު ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ކަމަށް ވެސް ޕިރަމިޑުން ބުންޏެވެ.

 

މީގެ އިތުރުން އެކުންފުނިން އެތެރެކޮށް ވިއްކަމުން ގެންދާ ޓޭންގް ޖޫހުން ބައްލަވައި ގަންނަވާ ކޮންމެ ދެ ޕެކެޓަކަށް އެއް ޕެކެޓް ލިބޭ ޕްރޮމޯޝަނެއް މިހާރު ވަނީ ފަށާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް