ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 10:57
ކަނޑޫދޫ "ތަސްވީރު އަތިރި"
ކަނޑޫދޫ "ތަސްވީރު އަތިރި"
ރިޒްނާ ޒަރީރު
ކަނޑޫދޫ "ތަސްވީރު އަތިރި"
ކަނޑޫދޫ "ތަސްވީރު އަތިރި" ހުޅުވައިފި
މިއީ ރައްޔިތުންގެ މާލިއްޔާއިން ތަރައްޤީކުރި ތަނެއް

ތ. ކަނޑޫދޫގެ ކައުންސިލްއާއި ރައްޔިތުން އިސްނަގައިގެން ތަރައްޤީ ކުރި "ތަސްވީރު އަތިރި" ހުޅުވައިފި އެވެ.

 

އެރަށުގެ މީހުން ދިރިއުޅޭ ހިސާބުގެ ދެކުނު ކޮޅުގައި ތަރައްޤީ ކުރި ބީޗަކީ ރައްޔިތުންގެ ހިތް ހަމަޖެހުމަށާއި ހިތް ފަސޭހައަށް ތަރައްޤީކުރި ތަނެއް ކަމަށް ކައުންސިލުން މައުލޫމާތުދިނެއެވެ.

 

150 ފޫޓުގެ ބޮޑު މި ތަނުގައި ދެ ބާބެކިއު ސްޓޭންޑާއި، ދިހަ ސަން ބެޑް، އަދި ޖޯލި ފަތިވެސް ވަނީ ބަހައްޓާފައެވެ.

ރައްޔިތުންގެ އެހީތެރިކަމާއި މި ބީޗް ތަރައްގީކުރަން ހަރަދުވީ 30،000ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ. މިފަދަ ކުޑަ ހަރަދަކުން މަޝްރޫއު ނިންމާލެވީ ހުރިހާ މަސައްކަތެއް ރައްޔިތުން އަމިއްލަ އަށް ކުރުމުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. 

 

މިތަން މިހާރުވެސް ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވީ ނަމަވެސް ރަސްމީކޮށް ހުޅުވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.

 

މިއީ ތ.އަތޮޅުގައި ރައްޔިތުންގެ މާލިއްޔާއިން ހަރަދުކޮށްގެން ރައްޔިތުން އިސްނަގައިގެން ބީޗެއް ތަރައްޤީ ކުރި ފުރަތަމަ ފަހަރުއެވެ.

މިމަސައްކަތުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ކަނޑޫދޫ ކައުންސިލުންވެސް ވަނީ ފާހަގަކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 އޯގަސްޓް 2017 | ބުރާސްފަތި 16:11
އަލީ
ޑޮކްޓަރު މުއިއްޒު މާލޭގަ މިކުރަނީ ކީއްތަ