ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 08:41
އާސެނަލް އަށް ކުޅެމުން އަންނަ އޮކްސްލެޑް ޗެމްބަލިން
އާސެނަލް އަށް ކުޅެމުން އަންނަ އޮކްސްލެޑް ޗެމްބަލިން
ޓްވިޓަރ
ޗެމްބަލިން ލިވަޕޫލްއަށް
ޗެލްސީގެ ހުށަހެޅުން ރިޖެކްޓްކޮށް ޗެމްބަލިން ލިވަޕޫލްއަށް ބަދަލުވަނީ!
ޗެމްބަލިން ލިވަޕޫލްއަށް ބަދަލުވާން އެއްބަސްވީ 35 މިލިއަން ޕައުންޑަށް

ޗެލްސީގެ ހުށަހެޅުން ރިޖެކްޓްކޮށް އާސެނަލް އަށް ކުޅެމުން އަންނަ އޮކްސްލެޑް ޗެމްބަލިން ލިވަޕޫލްއަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނީ ޗެލްސީން ހުށަހެޅި 35 މިލިއަން ޕައުންޑު ރިޖެކްޓްކުރުމަށްފަހު، ޗެމްބަލިން ލިވަޕޫލްއަށްވެސް ބަދަލުވުމަށް އެއްބަސްވެފައިވަނީ ހަމަ އެ އަގަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެމްބަލިން ލިވަޕޫލް އަށް ވަރަށް އަވަހަށް ސޮއިކުރާނެ އެވެ. މީގެއިތުރުން އޭނާ އެ ކްލަބަށް ބަދަލުވުމަށް މެޑިކަލް ހެދުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލް އިން ޗެމްބަލިން އަށް އާ އެއްބަސްވުމެއް ދާދި ފަހުން ހުށަހެޅި ނަމަވެސް އޭނާށ ވަނީ އެއްބަސްވުން އާކުރަން ދެކޮޅު ހަދާފައެވެ. އޭނާ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލިން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ސައުތްހެމްޕްޓަނުންނެވެ. އޭނާ އެ ކްލަބަށް 43 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބުކުރުމަށްފަހު އާސެނަލް އަށް ބަދަލުވީ 3.22 ވަނަ އަހަރެވެ.

އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 196 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ތިން އެފްއޭކަޕް އަދި ތިން ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަނުގައިވެސް ކުރިމަތިވި ޗެމްބަލިން ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް