ސޮނޭވާ ފުށި އަތުން ބަދަލު ހިފާ އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު އަނަންތަރާ ކިހާވަށް ކާމިޔާބު ކޮށްފި އެވެ.
ބުދަ ދުވަހު ކުޅުނު ފައިނަލް މެޗު ސޮނޭވާއާ ވާދަކޮށް އަނަންތަރާ އިން ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 15-25 އިން ކާމިޔާބު ކުރީ އަނަންތަރާއެވެ. ދެވަނަ ސެޓް ވެސް ކާމިޔާބުކުރީ އެޓީމުންނެވެ. ދެވަނަ ސެޓް އެޓީމުން ކާމިޔާބު ކުރީ 20-25 އިންނެވެ.
އެހެން ނަމަވެސް ޖެހިގެން އައި ސެޓް ފަހަތުން އަރާ ކާމިޔާބުކުރީ ސޮނޭވާއެވެ. ސޮނޭވާ އިން ސެޓް ކާމިޔާބު ކުރީ 23-25 އިންނެވެ. މެޗު ކާމިޔާބު ކުރި ސެޓް އަނަންތަރާ އިން ކާމިޔާބު ކުރީ 17-25 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދް އެވެ.
މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކާ އަކަށް ސޮނޭވާގެ އަލީ ހުޒާމް ހޮވުނުއިރު، އެންމެ މޮޅު މިޑިލް ޕްލޭއާ އަކަށް ހޮވުނީ ގްރޭންޑް ޕާކް ކޮއްދިއްޕަރުގެ އަހުމަދު އަނިލް ނަސީރެވެ.
މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް އަނަންތަރާގެ އިޝާން މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު އޮޕޮޒިޓް ކުޅުންތެރިޔަކަށް ހޮވުނީ ސޮނޭވާގެ ހަސަން ރަޒާން އެވެ. އަދި އެންމެ މޮޅު ލިބެރޯއަކަށް ހޮވުނީ ގްރޭންޑް ޕާކް ކޮއްދިއްޕަރުގެ އަހުމަދު ހުސެއިން އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އަނަންތަރާގެ އަބްދުﷲ ނަޝީދު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސޮނޭވާގެ ހުސެއިން ރަޒާން އެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރާ ހޯދިއިރު، ރިސޯޓް ވޮލީ ބޯލް ޓޯނޮމެންޓްގައި އަނަންތަރާ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދީ ސޮނޭވާއެވެ.