ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 09:08
އާސެނަލް އަށް ކުޅެމުން އަންނަ އޮކްސްލެޑް ޗެމްބަލިން
އާސެނަލް އަށް ކުޅެމުން އަންނަ އޮކްސްލެޑް ޗެމްބަލިން
ޓްވިޓަރ
ޗެމްބަލިން ޗެލްސީއަށް
ޗެމްބަލިން ހޯދުމަށް ޗެލްސީން 35 މިލިއަން ޕައުންޑު ހުށަހަޅައިފި
މި ހަފްތާ ތެރޭގައި ޗެލްސީއާއެކު ޗެމްބަލިން މެޑިކަލް ހަދާނެ

އާސެނަލް އަށް ކުޅެމުން އަންނަ އޮކްސްލެޑް ޗެމްބަލިން ހޯދުމަށް ޗެލްސީން 35 މިލިއަން ޕައުންޑު ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނީ ޓްރާންސްފާ ބާޒާރުގެ ދޮތުރަތައް ބަންދުކުރުމުގެ ކުރިން ޗެމްބަލިން ޗެލްސީއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށާއި، އޭނާ ހޯދުމަށް ޗެލްސީން 35 މިލިއަން ޕައުންޑުގެ ފީއެއް ހުށަހަޅާފައިވާ ކަމަށެވެ.

ޕްރިމިއާ ލީގްގެ ޗެމްޕިއަން ޗެލްސީއަށް ޗެމްބަލިން ބަދަލުވުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އޭނާ ވަރަށް އަވަހަށް އެ ކްލަބާއެކު މެޑިކަލް ހަދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އާސެނަލް އިން ޗެމްބަލިން އަށް އާ އެއްބަސްވުމެއް ދާދި ފަހުން ހުށަހެޅި ނަމަވެސް އޭނާށ ވަނީ އެއްބަސްވުން އާކުރަން ދެކޮޅު ހަދާފައެވެ. އޭނާ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލިން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ސައުތްހެމްޕްޓަނުންނެވެ. އޭނާ އެ ކްލަބަށް 43 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބުކުރުމަށްފަހު އާސެނަލް އަށް ބަދަލުވީ 3.22 ވަނަ އަހަރެވެ.

އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 196 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ތިން އެފްއޭކަޕް އަދި ތިން ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަނުގައިވެސް ކުރިމަތިވި ޗެމްބަލިން ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

 

 

- ކޮމެންޓް