ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 08:38
ލިއޮނެލް މެސީ (ވ) އަދި އަންދްރޭސް އިނިއެސްޓާ (ކ)
ލިއޮނެލް މެސީ (ވ) އަދި އަންދްރޭސް އިނިއެސްޓާ (ކ)
ގޯލް.ކޮމް
މެސީ - އިނިއެސްޓާ
މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި
ބާސާގެ ބޯޑާ މެދު ކުޅުންތެރިން އަދި ސަޕޯޓަރުން ހިތްހަމަނުޖެހޭ
މެސީ އަދި އިނިއެސްޓާ ބާސާގެ އެއްބަސްވުން އާނުކުރޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އަދި އަންދްރޭސް އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް އެ ކްލަބުން ދޮގުކޮށްފި އެވެ.

ރޭޑިއޯ އެންޗިއޯ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ބާސާގެ ޑައިރެކްޓާ އެރިއެޑޯ ބްރައިޑް ވިދާޅުވީ، ބާސާގެ ކުޅުންތެރިން މިވަގުތު ވިއްކާ މާކެޓުގައި ނުހިމަނާ ކަމަށާއި، ފެތުރެމުންދާ އަޑުތަކަކީ ހުސް ދޮގު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިނިއެސްޓާ ހޯދުމަށް ޔުވަންޓަސް އިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އޭނާ ކްލަބް ދޫކޮށް ނުދާނެކަމުގެ ޔަގީންކަން އެރިއެޑޯ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ބާސާއާއެކު އިނިއެސްޓާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު، އޭނާ އަދިވެސް އެ ކްލަބާއެކު އެއްބަސްވުން އަލެއް ނުކުރެއެވެ.

މީގެއިތުރުން އާޖެންޓީނާގެ ކެޕްޓަން މެސީ ސިޓީއަށް ބަދަލުވާން އުޅޭކަމަށްވެސް ފެތުރޭ އަޑުތައް އެރިއެޑޯ ވަނީ ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ، މެސީ އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހިތް އޮތީ ބާސާއާއެކު ކަމަށެވެ. އެގޮތުން އޭނާވެސް ބާސާ ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެރިއެޑޯ މިހެން ވިދާޅުވުވެފައިވާއިރު، ބާސާއާ އެކު މެސީ އަދިވެސް އެއްބަސްވުން އަލެއްނުކުރެއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެއްބަސްވުން އާކުރާނެ ކަމަށް ބާސާ އިން ވަނީ ދާދި ފަހުން ބުނެފައެވެ.

ބާސާގެ ބޯޑާ މެދު ކުޅުންތެރިން އަދި ސަޕޯޓަރުން ހިތްހަމަނުޖެހޭ ކަމަށް އަޑުތައް އަންނަނީ ފެތުރެމުންނެވެ. މީގެއިތުރުން އެ ކްލަބް ފަހަކަށް އައިސް ހޯދަމުން އަންނަ ނަތީޖާއާމެދު ސަޕޯޓަރުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް