ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 21:23
ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޑެއިލީ މެއިލް
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު: ޗެލްސީ އަތުން އެވަޓަން ބަލިވެއްޖެ
މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން
ޗެލްސީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނައިގަ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗު ޗެލްސީއިން ކާމިޔާބު ކޮށްފިއެވެ.

އާދިއްތަ ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީވަނީ ބާންލީއަތުން 3-2 ގެ ނަތީޖާ އަކުން ބަލިވެފައެވެ. އެހެން ނަމަވެސް ޗެލްސީއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ނަތީޖާ ނެރެފައެވެ.

ފުރަތަމަ ހާފުގައި އެވަޓަން އިން ޑިފެންސިވް ގޭމެއް ކުޅުނު ކަމުގައި ވިޔަސް ޗެލްސީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޗެލްސީގެ ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑާ ސެސްކް ފެބްރިގާސްއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރަކު ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމާއި އަލަށް ގުޅުނު ފޯވާޑް މޮރާޓާ ވަނީ ޗެލްސީގެ ގޯލު ފުޅާ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ކަމުގައި ވިޔަސް އެއްވެސް ޓީމަކަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި މޮޅާއިއެކު ޗެލްސީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނައިގައެވެ. ތާވަލުގެ 12 ވަނައިގައި އެވަޓަން އޮތީ ކުޅުނު 3 މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުއެވެ.

- ކޮމެންޓް