ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 11:08
ޑިބާލާ: ލަނޑުޖެހުމައްފަހު އުފާފާޅުކުރަނީ
ޑިބާލާ: ލަނޑުޖެހުމައްފަހު އުފާފާޅުކުރަނީ
ގޫގުލް
ކުޅިވަރު
ފަހަތުން އަރާ ޔުވެސްޓަސް މޮޅުވިއިރު، ރޯމާ ބަލިވެއްޖެ
ޔުވެންޓަސް މޮޅުވއިރު ޑިބާލާ ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފަ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ޖުވެންޓަސް ފަހަތުންއަރާ މޮޅުވިއިރު ރޯމާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ރޭ ކުޅުނު މެޗުން މޮޅުވީ ޖެނޯއާ އާ ވާދަކޮށް 2-4 ގެ ނަތީޖާއަކުންނެވެ.

 މެޗު ފެށިގެން ފުރަތަމަ ހާފުގެ ކުރީކޮޅު ޖެނޯއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ މިނެޓުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އެޓީމުންނެވެ. އެހެން ނަމަވެސް މިއީ ޔުވެންޓަސްގެ ކުޅުންތެރިއެއް ކަމުގައިވާ ޖެނިޗް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޖެނޯއާގެ ދެވަނަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ހަތްވަނަ މިނެޓުގައި ޔުވެންޓަސްގެ ސްޓެފަން ލެސްޓެއިނާ ކުރި ކުށަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަލްގޭރިއާ ފޯވާޑް އެންޑްރޫ ގަލްބިނޯފްއެވެ.

މި ލަނޑާއެކު ޔުވެންޓަސްއިން ކުޅުން އިތުރަށް ރަނގަޅުކުރިއިރު އެޓީމުން ދިޔައީ ޖެނޯއާގެ ފަހަތަށް ބާރުބޮޑުކޮށް ފުލުފުލުގައި އެޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަށް ފޮނުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން

މެޗުގެ 14 ވަނަ މިނެޓުގައި ޔުވެންޓަސްއައިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑަކީ ޖެނިޗްގެ އެހީތެރިކަމާއެކު ޕައުލޯ ޑިބާލާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ޔުވެންޓަސްއިން މެޗުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުފެ ކުޅުން ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ފޯވާޑް ޕައުލޯ ޑިބާލާއެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ޔުވެންޓަސް ފުރަތަމަ ފަހަރަށް މެޗުގެ ލީޑުނެގީ 62 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗްގެ އެހީތެރިކަމާއެކު ކުއަޑްރާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ޔުވެންޓަސްއިން މެޗުގެ ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދިން އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީ، ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެ ލަނޑުވެސް ޖަހާދީފައިވާ ފޯވާޑް ޕައުލޯ ޑިބާލާއެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ޔޫވެންޓަސްއަށް ކާމިޔާބުކޮށްދިން 4 ވަނަ ލަނޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިއީ ޔުވެންޓަސްއިން މިހަފަރުގެ ލީގުގައި ކުޅުނު ދެވަނަ މެޗަށްވާއިރު، މި ދެމެޗުންވެސް އެޓީމުވަނީ މޮޅުވެފައެވެ.

ޔުވެންޓަސް ދެން ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިއޭވޯއާއެވެ. މި މެޗު ކުޅޭނީ އަންނަ ހަފްތާ އާދިއްތަ ދުވަހުގެ ރޭގައެވެ.

ރޯމާ ހޮނިހިރު ދުވަހުގެ ރޭގައި ކުޅުނު މެޗުން ބަލިވެފައިވަނީ އިންޓަމިލާނާ ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ހާފުގެ ކުރީކޮޅު އެޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 15 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ.

 

މި ލަނޑާއެކު ރޯމާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހުހާފަށް ނިކުމެ އިންޓަމިލާނުން ދިޔައީ މޮޅުކުޅުމެއް ކުޅެމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި މައުރޯ އިކާޑީ ވަނީ ލަނޑެއް ކާމިޔާބުކޮށް އިންޓަމިލާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ 10 މިނެޓުފަހުން މެޗުގެ 77 ވަނަ މިނެޓުގައި އިކާޑީ ވަނީ އިންޓައަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފުރަތަމަފަހަރަށް މެޗުގެ ލީޑު ނަގާދީފައެވެ.

އިންޓައަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޓިއަސް ވެސިނޯއެވެ.

މިއީ މި ދެޓީމުވެސް މިފަހަރުގެ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. އެގޮތުން އިންޓަމިލާން ކުޅުނު މެދެޗުންވެސް މޮޅުއިރު، ރޯމާ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މިވަނީ ބަލިވެފައެވެ.

ރޯމާ ލީގުގައި ދެން ބައްދަލުކުރާނީ ސަމްޕްޑީރިއާއެވެ. އަދި އިންޓަމިލާން ބައްދަލުކުރާނީ މިފަހަރު އަލަށް އިޓާލިއަން ލީގަށް ކޮލިފައިވި އަސްޕަލްއާއެވެ.

 

- ކޮމެންޓް