ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 21:51
އިންޑޮނީޝިއާގެ ހައްޖުވެރިންގެ ބޮޑު ގުރޫޕެއް ޖިއްދާ އެއަރޕޯޓުގައި
އިންޑޮނީޝިއާގެ ހައްޖުވެރިންގެ ބޮޑު ގުރޫޕެއް ޖިއްދާ އެއަރޕޯޓުގައި
ޓްވިޓަރ
ހައްޖު 1438
އިންޑޮނީޝިއާ ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަދަހަ ކިޔާ ވީޑިއޯ އެއް ވައިރަލް ވެއްޖެ
މިއަހަރުގެ ހައްޖުގައި ބައިވެރިވާ އުމުރުން އެންމެ ދޮށީ މީހަކީވެސް އިންޑޮނީޝިއާ ރައްޔިތެއް

އެތައް ސަތޭކަ އިންޑޮނީޝިއާގެ ހައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ފޭބުމާއެކު އެއަރޕޯޓުގެ އެރައިވަލް ހޯލްގައި އެއް އަޑުން މަދަހަ ކިޔަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާ ގައި ވައިރަލް ވެއްޖެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް އާދެވެމުން އެމީހުން އުފަލުންތިބި ވަރު މި ވީޑިއޯއިން ހާމަވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރަން މިހާތަނަށް އެކި އެކި ގައުމުތަކުން 1.3 މިލިއަން މީހުން ބުދަ ދުވަހުގެ ނިޔަލަށް އައިސްފައިވާ ކަމަށް ސައުދީ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. މިއަހަރު ހައްޖުވުމަށް ބޭރު ގައުމުތަކުން އައި މީހުންގެ އަދަދު 25 އިން ސައްތަ މިދިޔަ އަހަރާ އަޅާ ބަލާއިރު މައްޗަށް ގޮސްފައިވާ ކަމަށްވެސް ސައުދީ އަރަބިއްޔާއިން ހާމަކޮށްފައިވެއެވެ.

މިއަހަރު ހައްޖުވުމަށް ބޭރު ގައުމުތަކުން އައި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން އެންމެ ދޮށީ މީހަކީވެސް އިންޑޮނިޝިއާގެ ރައްޔިތެކެވެ.

- ކޮމެންޓް