ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 16:39
މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން
މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން
ޕޮލިސް
މާރާމާރީ
މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި ދެމީހުންގެ ބަންދަށް 15 ދުވަސް، ކުޑަ ކުއްޖާ ބަންދަށް 5 ދުވަސް ޖަހައިފި
ހައްޔަރުކޮށްފައިވަނީ މާލެ، މއ.ރިހިވިލާ، 23 އަހަރުގެ އަހުމަދު މާނިއު، ގދ.ގައްދޫ، ފަނޑުނުވާގެ 18 އަހަރުގެ މުހައްމަދު އަޔާން އަދި 17 އަހަރުގެ ފިރިހެން ކުއްޖެއް

މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނާއި ކުޑަ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މއ.ރިހިވިލާ، 23 އަހަރުގެ އަހުމަދު މާނިއު، ގދ.ގައްދޫ، ފަނޑުނުވާގެ 18 އަހަރުގެ މުހައްމަދު އަޔާން އަދި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މާނިއު އަދި އަޔާންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި 17 އަހަރު ކުއްޖާގެ ބަންދަށް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް