ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 17:42
މަކުނުދޫ އިހްތިޖާޖު
މަކުނުދޫ އިހްތިޖާޖު
ރާއްޖެއެމްވީ
މަކުނުދޫ
ބައި-އިލެކްޝަން އާ ދިމާކޮށް މަކުނުދޫގައި ވަޒީފާތައް ބަހާލައިފި
ވަޒީފާތަކަށް މީހުން ނަގާފައިވަނީ އިއުލާނުވެސް ކުރުމެއްނެތި

ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް މަކުނުދޫ ތައްޔާރު ވަމުންދާއިރު ކުއްލި އަކަށް ސަރުކާރުން ވަޒީފާތަކެއް ބަހާލައިފި ކަމަށް މައުލޫމަތު ލިބިއްޖެއެވެ.

މަކުނުދޫން މައުލޫމާތު ދިން ފަރާތަކުން ބުނީ ކުއްލި އަކަށް ސިއްހީ މަރުކަޒަށް ވެސް އިތުރު ސިޔާސީ މަގާމަކަށް މީހަކު ނަގާފައިވާ ކަމަށެވެ.

އިތުރު މީހަކު ސިއްހީ މަރުކަޒުގެ ސިޔާސީ މަގާމަކަށް ހަމަ ޖެއްސި އިރު މިހާރުވެސް އެ ރަށުގެ ސިއްހީ މަރުކަޒުގައި ސިޔާސީ މަގާމެއްގައި މީހަކު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

"އެނގިފައި އޮތް ގޮތުން މިހާރު ހުރި މީހާގެ މައްޗަށް އިތުރު މީހަކު ވަޒީފާ އަށް ހަމަޖެއްސީ؛" އެ ރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

އޭގެ އިތުރުން މަކުނުދޫ ފެނަކަ އަށް ވެސް ކުއްލި ގޮތަކަށް އިތުރު ތިން މީހުން ވަޒީފާ އަށް ވަނީ ނަގާފައެވެ.

"މިހާރު ފެނަކައަށް ވަޒިފާ އަށް ނެގި މީހުން ވަޒީފާ އަށް ނުކުންނަން ފަށައިފި؛" ކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ފެނައަށް އިތުރު މުވައްޒަފުން ހަމަޖެއްސީ އިއުލާނު ކުރުމެއް ނެތި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރަށުގެ ރައްޔިތުން ބައި-އިލެކްޝަން ގައި ހޮނިހިރު ދުވަހު ވޯޓު ލާއިރު ރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ތިބީ ވަރަށް ކަންބޮޑުވެފައެވެ.

"ބައިގަޑިން ބައިގަޑިން ކަހަލަ ގޮތަކަށް ރަށުން އެބަ ކަރަންޓު ކެނޑޭ،" ރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހުކުރު ދުވަހު ހައުސިންގ މިނިސްޓަރު މަކުނުދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވި އިރު އެތަނުގައި ކަރަންޓު ކެނޑޭ މައްސަލައިގައި މީހުން ޝުއޫރު ފާޅު ކުރި ކަމަށެވެ.

"އެކަމަކަށް އަޅައެއް ނުލެއްވި، ވެދާނެ އެކަމާ ބެހޭ މިނިސްޓަރު ނޫންވީމަ ކަމަށްވެސް؛" އޭނާ ބުންޏެވެ.

ހޮނިހިރު ދުވަހުގެ ބައި-އިލެކްޝަންގައި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވާދަ ކުރަނީ ވެރިކަން ކުރާ ޕިއެންސީ ގެ ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް