މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ބުދަ ދުވަހުގެ ރޭ އެމްއެންޑީއެފުން ބުނީ ހ.ކުއްޅަވައްދޮށުގޭ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ބުނެފައިވަނީ، އަލިފާން ހިފާފައިވަނީ 3 ވަނަ ފަންގިފިލާގެ ކަރަންޓު ޑީބޯޑުގައި ކަމަށެވެ. އަދި އޭގެފަހުން ދެ ވަނަ ފަންގިފިލާގެ ކަރަންޓު ބޯޑުގައި ވެސް އަލިފާން ހިފައި ވަނީ ގެއްލުން ލިބިފައެވެ. ސީދާ އަލިފާން ހިފަން މެދުވެރިވި ސަބަބެއް ނޭނގެއެވެ.
ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 11:00 ގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާން ހާދިސާ ހިނގިކަން ރިޕޯޓް ކުރީ 10:30 ގައި ކަމަށް މައޫލޫމާތް ދެއެވެ.
މިހާދިސާގައި އެއްވެސް މީހަކަަށް އަނިޔާއެއް ނުލިބެއެވެ.