ކ. މާލެ
|
27 ޖެނުއަރީ 2025 | ހޯމަ 13:04
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / މަގުމަތީގައި ފެންބޮޑުވުން
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / މަގުމަތީގައި ފެންބޮޑުވުން
ރާއްޖެއެމްވީ
މުޅިރާއްޖޭގެ މޫސުން ގޯސްވުން
މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
ދަތުރުފަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދޭން ޖެހޭ، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ

މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށާއި، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް މޫސުމާބެހޭ ގައުމީ އިދާރާގެ މީޓިއަރޮލޮޖިސްޓު އިސްމާއިލް ނަސޫހް ވިދާޅުވީ ހޯމަ ދުވަހު މުޅިރާއްޖޭގެ މޫސުން ގޯސް ކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރޭގެ ރަށްތަކާއި، ދެކުނުގެ ބައެއް ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މުޅިރާއްޖެއަށް ވެސް ބައިބާރުވާނެކަން ފާހަގަކުރައްވައި ނަސޫހް ވިދާޅުވީ ދަތުރުފަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ބުނެއެވެ.

މުޅިރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ލިބޭ ގެއްލުންތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް