ކ. މާލެ
|
3 ޖެނުއަރީ 2025 | ހުކުރު 23:35
ރަށެއްގައި ފެން ބޮޑުވެގެން ފެން ހިއްކަނީ
ރަށެއްގައި ފެން ބޮޑުވެގެން ފެން ހިއްކަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
މޫސުން
އޮރެންޖު އިންޒާރު ރީނދޫ ސަމާލަށް ބަދަލު ކޮށްފި
ނ. އަތޮޅުން ލ. އަތޮޅާ ހަމަ އަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނޭ

މޫސުން ގޯސްވެ ކުރިން ނެރެފައި އޮތް އޮރެންޖު އިންޒާރުގެ ދަރަޖަ ދަށްކޮށް ރީނދޫ ސަމާލަށް ބަދަލު ކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ހުކުރު ދުވަހުގެ ރޭ ނެރުނު މޫސުމާ ބެހޭ އެޑްވައިޒަރީ ގައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.

ކުރިން ނެރެފައިވާ އެޑްވައިޒަރީގައި ހުކުރު ދުވަހުގެ ރޭ 11:00 އާ ހަމަ އަށް އޮތީ ބ. އަތޮޅުން ތ. އަތޮޅާ ހަމަ އަށް އޮރެންޖު އިންޒާރު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ނ. އަތޮޅުން ލ. އަތޮޅާ ހަމަ އަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފަހުގެ އެޑްވައިޒަރީ ނެރެފައިވަނީ ހޮނިހިރު ވިލޭރޭ ފަތިހު 4:00 އާ ހަމައަށެވެ.

- ކޮމެންޓް