ކ. މާލެ
|
3 ޖެނުއަރީ 2025 | ހުކުރު 19:17
3 ޖެނުއަރީ 2025 - މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދަނީ
3 ޖެނުއަރީ 2025 - މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދަނީ
އެމްއެންޑީއެފް
މޫސުން
ބ. އަތޮޅުން ތ. އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ މުއްދަތު މިރޭ 11 އާ ހަމަ އަށް އިތުރުކޮށްފި
މެޓުން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް

ބ. އަތޮޅުން ތ. އަތޮޅާ ހަމަ އަށް މިރޭ 11:00 އާ ހަމަ އަށް އޮރެންޖު އިންޒާރު އިތުރު ކޮށްފިއެވެ.

މެޓުން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން މި ސަރަހައްދުގެ ރަށްތަކުގައި ފެން ބޮޑުވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ.

މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މެޓުން ފުރަތަމަ ނެރުނު އޮރެންޖު އިންޒާރު އޮތީ ހުކުރު ދުވަހުގެ ރޭ 7:00 އާ ހަމަ އަށެވެ.

- ކޮމެންޓް