ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ.ގުރައިދޫގައި ފެން ބޮޑުވެއްޖެއެވެ.
ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފަައިންގެ ޓީމެއް އެެ ރަށުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ރާއްޖޭގެ ބޮޑު ބަޔަަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ބައެއް ރަށްރަށަށް އުދަ އެރުމުގެ ސަބަބުން ވެސް ފެން ބޮޑުވެފައިވެއެވެ.