ކ. މާލެ
|
3 ޖެނުއަރީ 2025 | ހުކުރު 18:47
3 ޖެނުއަރީ 2025- މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމާއެކު ޕަމްޕް ބަހައްޓައިގެން މޫދަށް ފެން ބޭރު ކުރަނީ
3 ޖެނުއަރީ 2025- މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމާއެކު ޕަމްޕް ބަހައްޓައިގެން މޫދަށް ފެން ބޭރު ކުރަނީ
އެމްއެންޑީއެފް
މޫސުން
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ
މާލޭގެ 3 ސަރަހައްދެއްގައި 11 ޕަންޕް ބޭނުންކޮށްގެން ފެން ހިންދަމުންދަނީ

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެއެވެ.

މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ އިރު 3 ސަރަހައްދެއްގައި 11 ޕަންޕް ބޭނުންކޮށްގެން ފެން ހިންދަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

ފެންބޮޑުވެ މާލޭގެ ގޭގެއަށާއި ފިހާރަ ތަކަށް ފެން ވަނުން ކޮންޓްރޯލު ކުރުމަށް މާލޭ ސިޓީ ކައުންސިލްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުން ކަމަށް އެ ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ.

- ކޮމެންޓް