އދ.މާމިގިއްޔަށް ބޯކޮށް ވާރޭވެހި ބައެއް ގޭގޭގައި ފެން ބޮޑުވެއްޖެއެވެ.
ހުކުރު ދުވަހު ރަށުގައި ފެން ބޮޑުވުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އާއި މާމިގިލި ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާ ތައް ދަނީ ހިނގަމުންނެވެ.
މޫސުން ގޯސްވެ މޫސުމާ ބެހޭ އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އިންޒާރު ނެރެފައެވެ.