ކ. މާލެ
|
30 ޑިސެންބަރ 2024 | ހޯމަ 00:12
ސޫރިޔާގެ އައު ސަރުކާރުގެ ސިފައިން އައްބާސިދް މައިދާނުގައި ޑިސެމްބަރު 27، 2024 ގައި ހަރަކާތްތެރިވަނީ
ސޫރިޔާގެ އައު ސަރުކާރުގެ ސިފައިން އައްބާސިދް މައިދާނުގައި ޑިސެމްބަރު 27، 2024 ގައި ހަރަކާތްތެރިވަނީ
އޭއެފްޕީ
ސޫރިޔާގެ މަސްރަހް
ސޫރިޔާ ގައި ކުރީގެ ރައީސް އަލް-އަސަދަށް ތާއީދު ކުރާ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
މިހާތަނަށް ޖާސޫސުންނާއި ކުރީގެ ސިފައިން ހިމެނޭ ގޮތުން 300 އާ ގާތްކުރާ އަދަދެއްގެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ސޫރިޔާ ގައި އެ ގައުމުގެ ކުރީގެ ރައީސް އަލް-އަސަދުގެ ވަފާތެރިން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނެއް ފަށައިފިއެވެ.

ސޫރިޔާގެ އައު ވެރިކަމުން ހިންގާ މި އޮޕަރޭޝަން ގައި 300 އާ ގާތްކުރާ އަދަދެއްގެ މީހުން ހައްޔަރު ކޮށްފި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ތެރޭގައި ހިމެނެނީ ޖާސޫސުންނާއި، ކުރީގެ ވެރިކަމަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި އީރާނަށް މަދަދުވެރިވާ ހަނގުރާމަ ވެރިންނާއި ކުރީގެ ސިފައިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

"ހަޔާތު ތަޙްރީރު އަލް-ޝާމް" (އެޗްޓީއެސް) ޖަމާއަތުން އިސްވެ އޮވެ އަލް-އަސަދު ގެ ވެރިކަން ވައްޓާލި ފަހުން ތިން ހަފްތާ ފާއިތުވެފައި ވާއިރު، ފަންސާސް އަހަރަށް ދިގު ދެމިގެން ދިޔަ ޢާއިލީ ވެރިކަމެއް ސޫރިޔާ ގައި ނިމުމަކަށް އައިސްފައިވެއެވެ.

އަދި މިހާރު ސޫރިޔާގެ އައު ވެރިކަމުން ގެންދަނީ ބާރުތައް ހިފެހެއްޓުމުގެ ގޮތުން މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އައު ވެރިކަމުގެ ސަލާމަތީ ބާރުތަކުން ވަނީ ބުރާސްފަތި ދުވަހު އަލް-އަސަދު އަށް ވަފާތެރިވާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

ސޫރިޔާގެ ރަސްމީ ނިއުސް އޭޖެންސީ ސަނާ އިން ވެސް ވަނީ މި ހަފްތާގައި އަލް-އަސަދު ގެ ވަފާތެރިން ހައްޔަރު ކުރުމަށް ހިންގުނު އޮޕަރޭޝަން އާ ގުޅޭ ގޮތުން ރިޕޯޓުކޮށްފައެވެ. މީހުން ހައްޔަރު ކުރުމުގެ އިތުރުން، ހަތިޔާރާއި ވަޒަން އަތުލައިގަނެވުނު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެއްވެސް ތަފާސްހިސާބެއް ހާމަކޮށްފައެއް ނުވެއެވެ. 

- ކޮމެންޓް