ކ. މާލެ
|
28 ޑިސެންބަރ 2024 | ހޮނިހިރު 12:43
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުން
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުން
ޕޮލިސް
މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއް
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ކުޑަ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލައިފި
ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގ ބަލައި ފާސްކޮށްފައިވޭ
ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ 17 އަހަރުގެ ފިރިހެން ކުއްޖެއް، އިތުރު ދެމީހަކު ހައްޔަރުކޮށްފައިވޭ
އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެކި ބާވަތްތައް ފެނިފައިވޭ

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތަކާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ކުޑަ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލައިފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގ ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މއ. ކޮޓްންވިލާ، 41 އަހަރުގެ އަޙްމަދު ސަފްނީޒް، ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، 23 އަހަރުގެ މުޙައްމަދު އިވާން އަދި 17 އަހަރުގެ ކުއްޖެކެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން 24,110 ރުފިޔާ ވެސް އެ ގެއިން ވަނީ ފެނިފައެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ސަފްނީޒް 10 ދުވަހަށް އަދި އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ދޫކޮށްލި ވަކި ސަބަބެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

- ކޮމެންޓް