ކ. މާލެ
|
26 ޑިސެންބަރ 2024 | ބުރާސްފަތި 21:52
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަތް މަސް ބޯޓެއް ހިފެހެއްޓުން. ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަތް މަސް ބޯޓެއް ހިފެހެއްޓުން. ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް
ޑްރޯންގެ އެހީގައި ބޯޓެއް ހޯދުން
ގަވައިދާ ހިލާފަށް އެތެރެވި ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި
ހިފެހެއްޓި ބޯޓާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވޭ

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތުމަށްފަހު، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ ބޯޓާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ބޯޓުން ދަތުރުކުރީ ކިތައް ފަޅުވެރިން ކަމެއް މިހާތަނަށް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެ އެވެ.

މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފަ އެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހު އެވެ.

ތުރުކީގެ ކުންފުންޏަކުން އެމްއެންޑީއެފްގެ އެއާކޯއަށް ޑްރޯން ގެނައީ ދައުލަތުގެ ބަޖެޓުން 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ.

- ކޮމެންޓް