ކ. މާލެ
|
17 ޑިސެންބަރ 2024 | އަންގާރަ 11:34
މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް އިން ފެން ހިއްކަނީ
މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް އިން ފެން ހިއްކަނީ
އެމްއެންޑީއެފް
މޫސުން
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
ށ. އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަ އަށް ރީނދޫ ސަމާލު މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އިން ވަނީ ނެރެފައި

އަންގާރަ ދުވަހު މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގު ތަކުގައި ފެން ބޮޑުވެއްޖެއެވެ.

ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަންގާރަ ދުވަހު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް މާލެ އަށް އަންނަނީ އާދައިގެ ވަރަކަށް ވާރޭ ވެހެމުންނެވެ.

ށ. އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަ އަށް ރީނދޫ ސަމާލު މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އިން ވަނީ ނެރެފައެވެ.

ރީނދޫ ސަމާލުގެ ވަގުތު ކަމުގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 07:15 - 11:15 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އަންގާރަ ދުވަހު ގުގުރުމާއެކު ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.

- ކޮމެންޓް