މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި، 53 އަހަރުގެ އަބްދުﷲ ހަސަން އެވެ.
ފުލުހުން ބުނީ ގުލާބީ މަގުގައި ގެއެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮތްކަމުގެ ރިޕޯޓު އަންގާރަ ދުވަހުގެ ހެނދުނު ލިބިފައިވާ ކަމަށާއި، ސީންއަށް ފުލުހުން ގޮސް، އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، 02 ޑިސެންބަރު 2024 ވީ ހޯމަ ދުވަހުގެ ހަވީރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފަޅުތެރެއިން ވެސް މަރުވެފައިވާ ފިރިހެނެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.